"ނަޝީދުގެ މެސެޖަކީ ރައްޔިތުން ނިކުތުން"

މިހާރު ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް އައްޑޫ ރައްޔިތުންނަށް ދެއްވާ މެސެޖަކީ، އަނިޔާވެރިކަމާ ދެކޮޅަށް ނުކުމެ، ބޭއިންސާފާ ދެކޮޅަށް މަސައްކަތް މިހާރުގެ ސަރުކާރުން ބަދަލުކޮށްލަން މަސައްކަތްކޮށް ދެއްވުން ކަމަށް އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ރޭ ވިދާޅުވެއްޖެ އެވެ.
އަދި ޑިމޮކްރަސީއަށްޓަކައި އައްޑޫ ރައްޔިތުން ނިކުންނާނެ ކަމަށާއި އައްޑޫ ރައްޔިތުން ނިކުމެއްޖެ ނަމަ މަގުސަދު ކާމިޔާބު ވާނެ ކަމުގެ ޔަގީންކަން އަބަދު ވެސް ނަޝީދަށް އޮންނަ ކަމަށް ސޯބެ ވިދާޅުވި އެވެ.
އެހެންވެ ރޭގެ ބައްދަލުވުމުގައި ސޯބެ ވަނީ އިންސާފަށް ލޯބި ކުރާ އެންމެން، އެމްޑީޕީގެ މަސައްކަތުގައި ބައިވެރިވުމަށް އެދިވަޑައިގެންފަ އެވެ. އަދި އެ ޕާޓީން މިހާރު ކުރަމުންދާ މަސައްކަތް ކާމިޔާބުކޮށްފައި ނޫނީ ގެއަށް ނުވަންނާނެ ކަމަށް މޭޔަރު ވިދާޅުވި އެވެ.
މޭޔަރު ވިދާޅުވީ މަގުމައްޗަށް ރައްޔިތުންނަށް ނިކުންނަން ޖެހެނީ ގިނަ ސަބަބުތަކެއް ހުރެގެން ކަމަށެވެ. ހާއްސަކޮށް، ރައީސް ޔާމީންގެ ސަރުކާރަކީ އައްޑޫގެ ތަރައްގި އަށް އެއްވެސް ވިސްނުމެއް ގެންގުޅުއްވާ ބޭފުޅެއް ނޫން ކަމަށާއި އެކަމަކު ރައީސް ނަޝީދަކީ އައްޑު ތަރައްގީ ކުރެއްވުމުގެ ވިސްނުން އަބަދު ވެސް ގެންގުޅުއްވާ ބޭފުޅެއް ކަަމށް ސޯބެ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ