"ކަރަންޓް ކެނޑޭ މައްސަލަ މާދަމާ ހައްލު ކުރެވޭނެ"

އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓް ދިނުމަށް ފެނަކަ ކޯޕަރޭޝަން އިން ބޭނުން ކުރަމުން އަންނަ އިންޖީނަކަށް ދިމާވި މައްސަލަ މާދަމައާއި ހަމައަށް ހައްލުކުރެވޭވަރުވާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުގެ ފަރާތުން އައްޑޫގައި އިސްކޮށް ހުންނަވާ އަބްދުﷲ ޒުހައިރު (އަބްހަރީ) ވިދާޅުވެއްޖެ އެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓް ކަނޑަން ފަށާފައިވަނީ މިދިޔަ ހަފްތާއިން ފެށިގެން އެކި ހިސާބުތަކުންނެވެ. އެގޮތުން ބައެއް ސަރަހައްދުތަކުން ނުވަ ގަޑިއިރަށް ވުރެ ގިނަ އިރަށް ވެސް ކަރަންޓް ކަނޑާފައިވެ އެވެ.
ޒުހައިރު ވިދާޅުވީ އިންޖީނަށް ދިމާވި މައްސަލަ ހައްލު ކުރުމަށް މަސައްކަތްކުރަމުންގެންދާ ކަމަށާއި މިއަދު ނޫނީ މާދަމާ އަށް އެ މައްސަލަ ހައްލުކޮށް އަލުން ކަރަންޓް ދެވޭ ވަރުވާނެ ކަމަށެވެ.
އައްޑޫގެ މަރުކަޒީ އިންޖީނުގޭގެ އިންޖީނުތައް މަރާމާތު ކުރުމަށް މިދިޔަ 3 އަހަރު ތެރޭ އެތައް ފަހަރަކު ކަރަންޓް ކަނޑާފައިވާ އިރު މިދިޔަ އަހަރު ފަހުކޮޅު އައްޑޫއަށް އެއް މެގަ ވޯޓު އިންޖީނެއް ގެނައެވެ. އަދި އޭރު ބުނެފައިވަނީ ދެން ކަރަންޓް ކެނޑުމުގެ މައްސަލަ ހައްލު ވީ ކަމަށާއި ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން އިތުރު ދެ މެގަ ވޯޓް އިންޖީނެއް ގަތުމަށް އޯޑަރު ދީފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ