ކަންނެލި މަސްވެރިން ބާނާ ކަންނެލި ކިރުވުމަށް ގިނަ ދުވަސްތަކެއް ވަންދެން ފަޅުގައި ތިބެން ޖެހޭ ކަމަށާއި މިހާރު ކަންނެލި ގަންނަމުންދަނީ ނުއަގުގައި ކަމަށް ބުނެ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ބޮޑު ކަންނެލި މިފްކޯއަށް ނުގަންނާތީ އާއި މަހުގެ އަގު ދަށްވުމުގެ ސަބަބުން މީގެކުރިން ބީކޭއެމްޔޫއިން މުޒާހަރާވެސް ކޮށްފައިވެ އެވެ. ބީކޭއެމްޔޫއިން މިއަދު ބުނެފައިވާ ގޮތުގައި ކަންނެލި ކިލޯއެއްގެ އަގު އެވްރެޖުކޮށް އުޅެނީ 35ރ. އަށެވެ، އެއީ ކަންނެލި މަސްވެރިންނަށް ލިބުނު ބޮޑު ނިކަމެތިކަމެއް ކަމަށް ޔޫނިއަނުން ބުނެ އެވެ.
MU STORE
MU STORE
Enterprise Development Industrial Pvt Ltd
"ކިޔުގައި ގިނަ ދުވަސް ވުމުގެ ސަބަބުން ކަންނެލި ރިޖެކްޓްވާ މިންވަރުއިތުރުވެ، އަދި ކަންނެލީގެ އަގަށް ބަދަލު ގެނެސް ނުއަގުގައި ކަންނެލިކޮޅު ކިރާލަން ޖެހުމަކީ މިޔަދުގެ ހާލަތު،" ޔޫނިއަނުން ބުނެފައިވެ އެވެ.
މަސްވެރިކަން ކުރުމަށް ކަނޑުގައި ހޭދަކުރާ ދުވަހައްވުރެ ގިނަ ދުވަސް ކަންނެލި ކިރުމަށާއި އައިސް ހޯދުމަށް ހޭދަކުރަން ޖެހިފައިވާ ކަމަށް ކަންނެލި މަސްވެރިން ބުނެ އެވެ.
މި އަހަރުގެ ޖެނުއަރީން ފެށިގެން ކިފްކޯއަށް ކަންނެލި ގަންނަން ވަނީ ފަށާފަ އެވެ. 10 ކިލޯ އާއި 15 ކިލޯއާ ދެމެދުގެ ކަންނެލި ގަންނަނީ ކިލޯއަކަށް 20ރ. ގެ ރޭޓުންނެވެ. 15 ކިލޯއަށްވުރެ ބޮޑު ކަންނެލި ގަންނަނީ 25ރ. ގެ ރޭޓުންނެވެ. ސަރުކާރުގެ ރިޔާށީ ވައުދަކީ ކަންނެލީގެ އަގު 80ރ. އާއި 100ރ. އާ ދެމެދު ހިފެހެއްޓުމެވެ.
ގިނަ ދުވަސްތަކެއް ވަންދެން ކިއުގައި ތިބުމަށްފަހު ނުއަގުގައި ކަންނެލި ކިރަން ޖެހޭތީ ބީކޭއެމްޔޫގެ ކަންބޮޑުވުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ