މި އަހަރުގެ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ޑރ. ހަސަން ސައީދު އޭނާގެ އުފަން އަތޮޅަށް ވަޑައިގެން ކެމްޕޭން ކުރައްވަން ފައްޓަވައިފި އެވެ.
އިއްޔެ ހަވީރު އޭނާ އެއާ ޓެކްސީއެއްގައި އައްޑު އަށް ވަޑައިގަތުމުން އޭނާ އަށް ތާއީދު ކުރާ ގިނަ އަދަދެއްގެ ބަޔަކު ފޭދޫ ބަނދަރަށް އެއްވެ ޝުއޫރުތައް ފާޅުކޮށްފައިވެ އެވެ. ޑރ. ހަސަނާއި އޭނާގެ ޓީމު އެއާ ޓެކްސީން ފައިބައިވަޑައިގެން ޑިންގީއެއްގައި ބަނދަރަށް އަރާވަޑައިގެންނެވި އިރު އޭނާ އަށް ތާއީދު ކުރާ ވަރަށް ގިނަ އަދަދެއްގެ ބަޔަކު އެއްވެ، މަލުން މަރުހަބާ ކިޔަމުން ދިޔަ އެވެ.
އޭނާ އަށް މަރުހަބާ ކިޔުމަށް މިއަތޮޅުގެ ގުޅިފައިވާ ހަތަރު ރަށުން ގިނަ އަދަދަދެއްގެ މީހުން ފޭދު އަށް އައިސްފައިވެ އެވެ. މީގެއިތުރުން އޭނާ އަށް މަރުހަބާ ކިޔުމުގެ ގޮތުން ބަނދަރު ސަރަހައްދުގައި ގިނަ އަދަދަކަށް ބެނާތައް ދަމައި ޑރ. ހަސަންގެ ޕޯސްޓަރުތައް ވެސް ތަތްކޮށްފައިވެ އެވެ.
ކެމްޕޭން ކުރެއްވުމަށް މިއަތޮޅަށް ވަޑައިގެން ރޭ އޭނާ ވަނީ މިއަތޮޅުގެ ގުޅިފައިވާ ހަތަރު ރަށުގައި ހުޅުވައިފައިވާ އޭނާގެ ކެމްޕޭން އޮފީސްތަކަށް ޒިޔާރަތްކޮށް ސަޕޯޓަރުންނާ ވެސް ބައްދަލުކުރައްވައިފަ އެވެ. އަދި މިއަދު ހަވީރު މި އަތޮޅުގައި ވަކިން އޮންނަ ހުޅުމީދު އަށް ވެސް ޑރ. ހަސަން ޒިޔާރަތްކުރައްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
ރިޔާސީ އިންތިހާބު 2008: ޑރ. ހަސަންގެ ކެމްޕޭން އައްޑޫގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ