މަސްތުވާތަކެތި ވިއްކައިގެން ހޯދާފައިވާ ކަމަށް ބެލެވޭ ފައިސާތަކަކާ އެކު ލ. ގަމުން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ކަމަށް ބެލެވޭ ޕެކެޓްތަކަކާއި 20،000 އަށް ވުރެ ގިނަ ރުފިޔާ އާ އެކު ލ. ގަމުގައި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުސް އޮފީހުން ބުނިގޮތުގައި ލ. މުންޑޫ ބަށިމާގޭ އިބްރާހިމް ވަހީދު، ،30 ހައްޔަރު ކުރީ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މިދިޔަ ހުކުރު ދުވަހު އެވެ. އޭނާ ހައްޔަރު ކޮށްފައި ވަނީ ގަމު ތުނޑީ އަވަށުގައި އަލަށް އާބާދުވާ ސަރަހައްދުގައި ހުރި އޭނާ ދިރިއުޅޭ ގެއިންނެވެ.
ފުލުސް އޮފީހުން ބުނީ އޭނާގެ އަތުން މަސްތުވާތަކެތި ކަމަށް ބެލެވޭ ޕެކެޓްތަކަކާއި، މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ 20،000 އަށް ވުރެ ގިނަ ރުފިޔާ ފެނިފައިވާ ކަމަށެވެ. އެ މައްސަލައިގެ ތުހުމަތުގައި އިތުރު މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ވެސް އެތަނުންނެވެ.
އެ މައްސަލަ ފުލުހުން މިހާރު ގެންދަނީ ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ