މޫސުން ގޯސްވުމާ ގުޅިގެން ދެކުނުގެ ބައެއް އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވައިޓް އެލާޓް ނެރެފައިވަނީ ހުވަދު އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގެ ރަށްތަކަށެވެ. މި އެލާޓް ނެރެފައިވަނީ މިއަދު ހަވީރު 16:45 އިން މިރޭ 22:00 އާ ހަމައަށެވެ.
މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.
ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވި ނަމަވެސް އެހެން ހިސާބުތަކުގެ މޫސުން އާންމު ގޮތެެއްގައި ރަނގަޅު ވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ.
އަދި އިރުއުތުރާއި އިރުން، މެދުތެރޭގެ އަތޮޅުތަކަށް، ގަޑިއަކު 10 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި އެހެން ހިސާބުތަކަށް ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް މެޓް އޮފީހުން ބުނެއެވެ.
މީގެއިތުރުން މެދުތެރޭގެ ކަނޑުތަށް އާދައިގެ ވަރަކަށް ގަދަ ވާނެ ކަމަށާއި އަދި އެހެން ހިސާބުތަކުގެ ކަނޑުތަށް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށްވެސް މެޓް އޮފީހުން މައުލޫމާތުދެއެވެ.
މޫސުން ގޯސްވެ ދެކުނަށް ވައިޓް އެލާޓް ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ