ބަނގު އާވި ހިމެނޭ ބުއިމެއް ރާއްޖޭގެ ފިހާރަތަކުގައި ވިއްކަމުން ދޭ - އުމަރު ނަސީރު

ބަނގު އާވި ހިމެނޭ ބުއިމެއް ރާއްޖޭގެ ފިހާރަތަކުގައި ވިއްކަމުން ދާކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ ފުރަތަމަ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު މިހެން ވިދާޅުވި، އެ ބުއިމުގެ ފޮޓޯއެއް ވަނީ އޭނާގެ ފޭސްބުކް ޕޭޖުގައި ހިއްސާކޮށްފައެވެ. އެއީ ދަޅެއްގައި ހުރި ބުއިމެކެވެ.
އުމަރު ވިދާޅުވީ، ރާއްޖޭގެ އާއްމު ފިހާރަތަކުގައި މިވަގުތު ވިއްކަމުންދާ ޖަރުމަންގެ އުފެއްދުމެއް ކަމަށްވާ "ޖާސްޓެލް" ދަޅުގައި އަލްކަހޯލް ފްރީ ކަމަށް ލިޔެފައިވީނަމަވެސް، މި ބުއިމުގައި ބަނގުއާވި ހިމެނިގެން ވާ ކަމަށެވެ.
"ކަސްޓަމަސް އިންނާއި ފުލުހުން މިކަން ބައްލަވާ. މި ބުއިންތައް ރާއްޖޭގެ ފިހާރަތަކުން ނެންގެވުމަށް އިލްތިމާސް ކުރަން". އުމަރު ވިދާޅުވިއެވެ.
އުމަރު އަކީ ތަފާތު އެކި މައްސަލަތަކާއި އަޑު އުފުލާ، އަދި އެފަދަ ކަންކަން އާއްމުންގެ ސަމާލުކަމަށް ގެންނަ ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ