ހައި ކޯޓުގެ ފަނޑިޔާރު ހަސަން އަލީ އާއި ސިވިލް ކޯޓުގެ އިސް ގާޒީ އަބްދުﷲ އަލީގެ އިތުރުން ލ ދަނބިދޫ ކޯޓުގެ އިސް މެޖިސްޓްރޭޓްއާ ގުޅޭ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ނިންމައިފިއެވެ.
ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ، ފަނޑިޔާރު ހަސަން އާއި އިސްގާޒީ އަބްދުﷲ އާ ބެހޭގޮތުން ހުށަހެޅިފައިވާ މައްސަލަ ބެލުމަށް ނިންމާފައިވާކަމަށާއި، މި ދެ މައްސަލަ ބެލުމަށް ވަކި ދެ ކޮމެޓީއެއް އެކުލަވާލާފައިވާ ކަމަށެވެ. އަދި ލ. ދަނބިދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ޝަރީފާ ގުޅޭ މައްސަލަ ވެސް ބަލަން ނިންމާފައިވާކަމަށް އެ ކޮމިޝަނުގެ ބަޔާނުގައި ވެއެވެ.
އެގޮތުން ފަނޑިޔާރު ހަސަންގެ މައްސަލަ ބެލުމަށް އެކުލަވާލާފައިވާ ކޮމެޓީގައި ތިއްބަވާނީ ކޮމިޝަންގެ ނައިބު ރައީސް މަސްތޫރު ހުސްނީ އާއި އެ ކޮމިޝަންގެ މެމްބަރު މުހައްމަދު އީސާފުޅުގެ އިތުރުން ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު އެވެ.
އަދި އިސް ގާޒީ އަބްދުﷲ ގެ މައްސަލަ ބެލުމަށް އެކުލަވާލި ކޮމެޓީގައި ތިއްބަވާނީ ނައިބު ރައީސް މަސްތޫރާއި އެ ކޮމިޝަނަށް ހައި ކޯޓުން ކަނޑައަޅާފައިވާ މެމްބަރު ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމާއި ބަންޑާރަ ނައިބު ރިފްއަތުއެވެ.
އިތުރު ތިން ފަނޑިޔާރެއްގެ މައްސަލަ ބަލަން ޖޭއެސްސީން ނިންމިއިރު، އެ ކޮމިޝަނުން މިހާރު ވެސް ގެންދަނީ ގިނަ ފަނޑިޔާރުންތަކެއްގެ މައްސަލަ ބަލަމުންނެވެ.
ފަނޑިޔާރު ހަސަން އާއި އިސްގާޒީ އަބްދުﷲ ގެ މައްސަލައެއް ޖޭއެސްސީން ބަލަން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ