މެމްބަރު އަޙްމަދު ރަޝީދު އެމްޑީޕީން ވަކިވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު އެމްޑީޕީން ވަކިވެެއްޖެއެވެ.
އެމްޑީޕީން ވަކިވިކަން އިއުލާން ކުރައްވަމުން އަހްމަދު ރަޝީދު ޓްވިޓާގައި އާންމުކުރެެއްވި ސިޓީއެއްގައި ބުނެފައިވަނީ އެމްޑީޕީން މިއަދުން ފެށިގެން ވަކިވެފައިވާ ކަމަށެވެ.
“އަހުރެން މިއަދު 22 ޖޫން 2023 އިން ވީ ބުދަ ދުވަހު ތިޔަ ޕާޓީގެ މެމްބަރުކަމުން ވަކިވެއްޖައީމެވެ” އެ ސިޓީގައި ބުނެފައިވެއެވެ.
އަހްމަދު ރަޝީދު އެމްޑީޕީން ވަކިވެފައިވާއިރު އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވެސް ވަނީ އެމްޑީޕީން މިއަދު ވަކިވެވަޑައިގެންފައެވެ.
ނަޝީދު ވަކިވެވަޑައިގެންނެވި ސަބަބެއްކަމަށް އެ ސިޓީގައި ވިދާޅުވީ ޤައުމުގެ ކަންކަން މިހާރު ހުރި ހާލަތަށް ބަލާއިރު، އެމަނިކުފާނު އެމްޑީޕީގައި މަޑުކުރެއްވުމަކީ ރަނގަޅު ކަމެއް ކަމުގައި ފެނިވަޑައިނުގަތުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ