އައްޑޫގެ ގުޅިފައިވާ ހުރިހާ ރަށަކުން ކަރަންޓު ކެނޑިއްޖެ އެވެ.
ފެނަކައިން ބުނީ އައްޑޫގެ ގުޅިފައިވާ ރަށްތަކުން މިވަގުތު ކަރަންޓުގެ ޙިދުމަތް މެދުކެނޑިފައިވާ ކަމަށާއި މައްސަލަ ޙައްލު ކުރުމުގެ މަސައްކަތް ޓެކްނިކަލް ޓީމުން ކުރަމުންދާ ކަމަށެވެ.
ކަރަންޓު ކެނޑެން ދިމާވި ސަބަބެއް ފެނަކައިން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބި ރައްޔިތުން ޝަކުވާ ކުރާތާ އެތައް ދުވަހެއް ވެއްޖެ އެވެ. އައްޑޫއަކީ ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީ އެވެ.
އައްޑޫން ކަރަންޓު ކެނޑިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ