ހިޔާ ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ
ހިޔާ ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެއެވެ. ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ މިއަދު ހެނދުނު 8:32ހާއިރު ހިޔާ ޓަވަރު އަށަކުން މީހަކު ވެއްޓިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެ މީހާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި އެއީ 33 އަހަރުގެ ފިރިހެން ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެ މީހާއާ ގުޅޭ އިތުރު މައުލޫމާތެއް އެ މުއައްސަސާއިން ހިއްސާނުކުރެއެވެ. ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ