މިއަދު ފެންނަނީ ރަށްތަކަށް ހައިމާކަކާއި ކޮޅުވެއްޓިއެއް ދަތުރުކުރާތަން އެކަނި: ސޯލިހު މިއަދު ފެންނަނީ ރަށްތަކަށް ހައިމާކަކާއި ކޮޅުވެއްޓިއެއް ދަތުރުކުރާތަން އެކަނި: ސޯލިހު

މިއަދު ފެންނަނީ ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް އެއް ޓަނުގެ ހައިމާކަކާއި ކޮޅުވެއްޓިއެއް ދަތުރުކުރާތަން އެކަނި ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
"ހޯރަފުށި ދުވަސް" ފާހަގަކުރުމަށް ހއ. ހޯރަފުށީގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ސޯލިހު ވިދާޅުވީ މިއަދު ރާއްޖޭގެ ހާލަތު އޮތް ގޮތުން އެއް ރަށުން އަނެއް ރަށަށް ހައިމާކަކާއި ކޮޅުވެއްޓިއެއް ދަތުރުކުރުން ފިޔަވައި އިތުރު އެއްވެސް ކަމެއް ނުހިނގާ ކަމަށެވެ.
"މިއަދު އަޅުގަނޑުމެންނަށް މި ފެންނަނީ ވަރުުބަލިކަމެއް ނެތި ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރާ އެއް ޓަނުގެ ހައިމާކަކާއި ކޮޅުވެއްޓިއެއް. އެ ނުން އެއްކަމެއް ވެސް ނުކުރޭ. ދެން ކޮން ތަރައްގީއެއްތޯ ގެނެވޭނީ. މިއީ ރާއްޖޭގެ ހާލަތު މިއަދު މިއޮތް ގޮތަކީ،" ސޯލިހު ވިދާޅުވި އެވެ.
މި އަހަރާއި މިދިޔަ އަހަރުގެ ބަޖެޓު ހުސްވަމުންދާއިރު ރާއްޖޭގައި ކުރެވުނު ކަންކަމާ ގުޅޭގޮތުން ސުވާލު އުފައްދަވާ ސޯލިހު ވިދާޅުވީ ރާއްޖޭގެ އެއްވެސް ކަންކޮޅެއްގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުދާ ކަމުގެ ޝަކުވާތައް ލިބެމުންދާ ކަމަށެވެ.
މަޝްރޫއުތައް ކުރިއަށް ނުގޮސް ހުއްޓެނީ ވެރިކަމުގައި ތިއްބެވި ބޭފުޅުންގެ އެއްވެސް ޕްލޭނެއް އަދި ރޭވުންތެރިކަމެއް ނެތުމުން ކަމަށް ސޯލިހު ވިދާޅުވި އެވެ.
"މިހާތަނަށް 2024 ވަނަ އަހަރާއި 2025 ވަނަ އަހަރު ނިމިގެން މިދަނީ 55 ބިލިއަނާއި 56 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުސްވަމުން އެދަނީ. ކޮން ކަމެއްތޯ ރާއްޖޭގައި ކުރެވިފައި އޮތީ. ތަރައްގީގެ ކޮން ކަމެއްތޯ ހިނގަމުންދަނީ. ހޯރަފުށީގެ ވާހަކަ ތިބޭފުޅުން ތި ދެއްކެވީ. އަޅުގަނޑު ދާ ކޮންމެ ރަށަކުން އެ ޝަކުވާ އެބަކުރޭ. މި ދައްކަނީ މަދު އަދަދެއްގެ ފައިސާގެ ވާހަކައެއް ނޫން،" ސޯލިހު ވިދާޅުވި އެވެ.
ސޯލިހު ވިދާޅުވީ ކުރަމުންދާ ކަންކަމުގެ ތަފްސީލެއް ހާމަނުކުރުމުގެ އިތުރުން ބަޖެޓު ހުށަހަޅާއިރު ކަންކަން ކުރަންވީ ގޮތުގެ ތަފްސީލުވެސް ހުށަނާޅާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ