ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓް ނަގާ ބިލް ދިރާސާކުރަނީ ސިއްރުން

ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓް ނަގާ ބިލް ދިރާސާކުރާ ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފި އެވެ.
ވީ ކިހިނެއް؟ - މިއަދު ހެނދުނު 9 ޖެހިއިރު ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި އޮތީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓް ނަގަން ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ބިލް ދިރާސާ ކުރުމެވެ. 
ތަފްސީލް - އެ ބައްދަލުވުން ފެށުމާ އެކު އެ ކޮމިޓީގެ ނައިބު މުގައްރިރު ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް ހުށަހެޅުއްވީ ކޮމިޓީ ބައްދަލުވުން ސިއްރުކުރުމަށެވެ. 
އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އިބްރާހިމް ހުސެއިން އެވެ. 
އެހެންވެ، އެ ކޮމިޓީ ކުރިއަށް ގެންދިޔައީ ސިއްރުކޮށްގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ