ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ސެންޓްރަލް ކޮމިޝަން ފޯ ޑިސިޕްލިން އިންސްޕެކްޝަންގެ ސެކްރެޓަރީ ޖެނެރަލް ލީ ޝީ އާއެކު ރައީސް މުހައްމަދު މުއިއްޒު ބައްދަލުވުމެއް ބާއްވައިފި އެވެ.
މުއިއްޒު ޗައިނާގައި ހުންނެވީ އެ ގައުމުގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްއީއޯ) ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށެވެ. އެ ދެ ބޭފުޅުންގެ ބައްދަލުވުމެއް އޮގަސްޓު 31، ގައި ވަނީ ބާއްވާފަ އެވެ.
ސެކްރެޓަރީ ޖެނެރަލް ޝީ އާއެކު މުއިއްޒު ބޭއްވި ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ. ސަރަހައްދީ ހަމަޖެހުމުގެ މުހިންމު ކަމަށް ޝީ އަލިއަޅުވައިލި ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.
މުއިއްޒު ހައުސިން މިނިސްޓަރު ކަމުގައި ހުންނެވި ހަތް އަހަރާއި ވެރިކަމުގައި ވެސް ޗައިނާގެ ކޮމިއުނިސްޓް ޕާޓީއާއެކު ގާތް ގުޅުންތަކެއް އަންނަނީ ބާއްވަމުންނެވެ. ޝީ އަކީ ކޮމިއުނިސްޓް ޕާޓީގެ އެންމެ ބާރުގަދަ ގުނަން ކަމަށްވާ ޕޮލިޓިބިއުރޯގެ ސްޓޭންޑިން ކޮމިޓީގެ މެންބަރެކެވެ.
ސެންޓްރަލް ކޮމިޝަން ފޯ ޑިސިޕްލިން އިންސްޕެކްޝަނަކީ ކޮމިއުނިސްޓް ޕާޓީގެ މެންބަރުންނަކީ އެ ޕާޓީގެ ފިކުރަށް ތަބާވާ އަދި ގަވާއިދުތަކަށް އަމަލުކުރާ ބައެއްކަން ކަށަވަރު ކުރުމުގެ ޒިންމާ މަތިކޮށްފައިވާ އިދާރާ އެވެ.
ޕާޓީގެ މެންބަރުންނާ ދެކޮޅަށް ސުލޫކީ މައްސަލަތަކާއި ވަކިން ހާއްސަކޮށް ކޮރަޕްޝަނާ ދެކޮޅަށް ތަހުގީގުތައް ހިންގައި ފިޔަވަޅު އެޅުމުގެ ބާރު އެ ކޮމިޝަނަށް އޮވެ އެވެ.
ކޮމިއުނިސްޓް ޕާޓީގެ ޑިސިޕްލިނަރީ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްއާ މުއިއްޒު ބައްދަލުކޮށްފި ކޮމިއުނިސްޓް ޕާޓީގެ ޑިސިޕްލިނަރީ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްއާ މުއިއްޒު ބައްދަލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ