ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްއީއޯ) ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އެ ގައުމުގެ ސަރުކާރާއެކު ރާއްޖެއިން 11 އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އާންމު އުސޫލެއްގެ ގޮތުން މުއިއްޒު ކުރައްވާ ދަތުރުތަކުގައި ސޮއިކުރާ އެއްބަސްވުންތަކުގެ ނަންތައް ރައީސް އޮފީހުގެ ހަބަރުގައި ހިމަނަ އެވެ. ނަމަވެސް، މިއަދު މައުލޫމާތުތައް އާންމުކުރިއިރު އެއްވެސް ވަރަކަށް ނަމެއް ނުވަތަ އިތުރު ތަފްސީލެއް ވެސް ހާމަކޮށްފައި ނުވެ އެވެ.
"އޭގެ ތެރޭގައި އިގުތިސޯދީ ތަރައްގީ، އުމުރާނީ ތަރައްގީ އަދި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ދެ ގައުމުން އެއްބާރުލުން އިތުރުކުރުމާ ގުޅޭ ފަހުމުނާމާތައް ހިމެނޭ. މި ފަހުމުނާމާތަކަކީ ކުރިއަށް އޮތް ތަނުގައި ދެ ގައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިވެގެންދިޔުމާއެކު، ދެމެހެއްޓެނިވި ތަރައްގީއަށް އެޅިގެންދާ މުހިންމު ފިޔަވަޅަކަށް ވެގެންދާނެ،" ރައީސް އޮފީހުން ބުނެފައި ވެ އެވެ.
މި އެއްބަސްވުންތަކާ ގުޅޭ މައުލޫމާތު ހޯދުމަށް ރައީސް އޮފީހުގައި ސުވާލު ކުރުމުން އެ މައުލޫމާތު ފޮރިން މިނިސްޓްރީން ހޯދުމަށް ބުނެފައި ވެ އެވެ. މިހާތަނަށް ފޮރިން މިނިސްޓްރީން އެއްބަސްވުންތަކާ ގުޅޭ މައުލޫމާތުތަކެއް ހާމަކޮށްފައެއްް ނުވެ އެވެ.
މި މައުލޫމާތު ހޯދުމަށް އަދަދު އިން ވާނީ ރައިސް އޮފީހަށް މިހާރު އާރުޓީއައިއެއް ހުށަހަޅާފަ އެވެ.
މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ ޗައިނާ ގާތް ކުރުމަށްފަހު އިންޑިއާއާ ފެއަށް ދިޔުމަށެވެ. ޖެނުއަރީ، 2024، ގައި ޗައިނާއަށް ކުރެއްވި ދަތުރަށްފަހު އެނބުރި ވެރި ރަށް މާލެއަށް ވަޑައިގެން، އިންޑިއާއާ ދުރަށްޖެހުމުގެ މަގު ޗާޓެއް ވެސް މުއިއްޒު އިއުލާނު ކުރެއްވި އެވެ.
އޭގެ ފަހުން ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ގޯސްވި އެވެ. އެކަމަކު އެ ދަނޑިވަޅުގައި ވެސް ޗައިނާއާއެކު އޮތް ގުޅުން ވަރުގަދައެއް ނުވި އެވެ. ޗައިނާއިން ހޯދަން ބޭނުންވި އެހީތަކެއް ވެސް އެއިރު ހަމަޖެހިފައެއްނުވެ އެވެ.
ރާއްޖޭގެ މާލީ ހާލަތު ދަށްވުމާއެކު މުއިއްޒު ދެން ބެއްލެވީ އިންޑިއާއާއެކު އޮތް ގުޅުން ބަދަހި ކުރުމަށެވެ. ގުޅުން ބަދަހި ކުރުމަށްޓަކައި އޮކްޓޯބަރު، 2024، ގައި މުއިއްޒު އިންޑިއާއަށް ވެސް ވަޑައިގަތެވެ. އަދި ގުޅުން ބަދަހި ކުރުމުގެ އެގްރިމެންޓެއްގައި ވެސް އެ ދަތުރުގައި މުއިއްޒު ސޮއި ކުރެއްވި އެވެ.
މުއިއްޒުގެ ދަތުރުގެ ތެރެއިން ޗައިނާ އާއެކު 11 އެއްބަސްވުމެއްގައި ސޮއިކޮށްފި, ތަފްސީލެއް ހާމައެއް ނުކުރޭ މުއިއްޒުގެ ދަތުރުގެ ތެރެއިން ޗައިނާ އާއެކު 11 އެއްބަސްވުމެއްގައި ސޮއިކޮށްފި, ތަފްސީލެއް ހާމައެއް ނުކުރޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ