ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރުންގެ ހެލްތު އިންޝުއަރެންސަށް ވޭތުވެ ދިޔަ 10 ވަރަކަށް އަހަރު 18.9 މިލިއަން ރުފިޔާ ދައުލަތުން ހަރަދުކޮށްފައިވާކަން އިއްޔެ އެނގިއްޖެ އެވެ.
ވީކިހިނެއް؟ - ޖުބްރާން ޝަރީފް ނަމަކަށް ކިޔާ މީހަކު މި މައުލޫމާތު ހޯދީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުންނެވެ.
ތަފްސީލް - މަޖިލީހުގެ ކުރީގެ މެންބަރުންގެ ހެލްތު އިންޝުއަރެންސަށް 18.9 މިލިއަން ރުފިޔާ ހަރަދުވީ 2014 އިން ފެށިގެން މިދިޔަ 28 މެއިއާ ހަމައަށެވެ.
ކުރީގެ މެންބަރުންނަށް ހެލްތު އިންޝުއަރެންސްގެ ގޮތުގައި ދެނީ މަހަކު 24،000 ރުފިޔާ އެވެ. އެ ގޮތުން ކޮންމެ އަހަރަކު މި ކަމަށް ހަރަދު ކުރި ވަރަކީ:
2014: 562،500ރ
2015: 562،500ރ
2016: 565،000ރ
2017: 1،056،000ރ
2018: 1،056،000ރ
2019: 2،328،000ރ
2020: 2،328،000ރ
2021: 2،280،000ރ
2022: 2،280،000ރ
2023 - މެއި 2024: 2،280،000ރ
މެއި 2024 - މެއި 2025: 3،624،000ރ
އަހަރަކަށް ފަހު އަހަރެއް ކުރީގެ މެންބަރުންގެ އަދަދު އިތުރުވަމުންދާތީވެ، ކުރީގެ މެންބަރުންގެ ހެލްތު އިންޝުއަރެންސަށް ދައުލަތުން ކުރާ ހަރަދު ވެސް ދަނީ އިތުރުވަމުންނެވެ.
ކުރީގެ މަޖިލިސް މެންބަރުންގެ ހެލްތު އިންޝުއަރެންސަށް 18.9 މިލިއަން ރުފިޔާ ހަރަދުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ