އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ (ޑަބްލިއުޑީސީ) ބަޖެޓު ދެގުނަ ބޮޑުކޮށް، އެ ކޮމިޓީތަކުގެ މެމްބަރުންގެ ރޯދަ އެލަވަންސް ކައުންސިލުގެ ބަޖެޓުގެ ތެރެއިން ހަމަޖައްސާގޮތަށް ބަދަލުކުރަން ރައީސް މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ތަފްސީލް - ރައީސް 'އެކްސް'ގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް އިތުރަށް ބާރުވެރި ކުރުވުމުގެ ބޭނުމުގައި، 2026 ވަނަ އަހަރަށް ބަޖެޓު ހުށަހެޅުމުގެ ކުރިން، ދެ ބަދަލެއް ގެނައުމަށް ނިންމަވާފައިވާ ކަމަށެވެ.
އެގޮތުން ގެންނަ ބަދަލުތަކަކީ:
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބަޖެޓުގެ ގޮތުގައި، ކައުންސިލްގެ ބަޖެޓުން ދެމުން ގެންދާ %5 ފައިސާ %10 އަށް ބަދަލުކުރުން
އެ ކޮމިޓީތަކުގެ މެންބަރުންނަށް ދޭ ރޯދަ އެލަވަންސް، އެ ކޮމިޓީގެ ބަޖެޓުން ދިނުމުގެ ބަދަލުގައި ކައުންސިލްގެ ބަޖެޓުގެ ތެރެއިން ހަމަޖެއްސުން
އެނގުން މުހިންމު - ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި ލިބޭ ޖުމްލަ ފައިސާގެ މަދުވެގެން %5 އަންހެނުންގެ ކޮމިޓީތަކަށް ދޭން ޖެހޭގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު މި ސަރުކާރުގައި ވަނީ އިސްލާހު ގެނެސްފަ އެވެ.
ރައްޔިތުންގެ މަޖިލީހުން މިދިޔަ ފެބްރުއަރީގައި ފާސްކުރި އެ އިސްލާހުގައި ވާގޮތުން ކައުންސިލްތަކަށް ހިލޭ އެހީ ލިބޭތާ ގިނަވެގެން 30 ދުވަހުގެ ތެރޭ ކޮމިޓީއާ އެ %5ގެ ފައިސާ ހަވާލުކުރަން ޖެހެ އެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މެންބަރުންނަށް ރޯދަ އެލަވެންސް ދިނުމަށް ހިމެނީ ވެސް މި ގާނޫނަށް އޭރު ގެނައި އިސްލާހުގަ އެވެ. އެ އެލަވަންސް މިހާރު ދެމުން އަންނަނީ އަންހެނުންގެ ކޮމިޓީތަކުގެ ބަޖެޓުންނެވެ.
އަންހެނުންގެ ކޮމިޓީތަކުގެ ބަޖެޓު ބޮޑުކޮށް، މެމްބަރުންގެ ރޯދަ އެލަވަންސް ކައުންސިލުގެ ބަޖެޓުން ދޭގޮތަށް ބަދަލުކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ