އަނެއްކާވެސް މާލޭގައި ހިންގަމުން ދިޔަ 4 މަސާޖު ޕާލާއެއް ބަލައި ފާސްކޮށް، ގަވައިދާ ހިލާފަށް އުޅެމުން ދިޔަ 3 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ވީ ކިހިނެއް؟ - އިމިގްރޭޝަނުން މިއަދު ބުނީ ގަވާއިދާ ހިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ބަލައި ފާސްކުރުމަށް ޓާސްކްފޯހުން ހިންގަމުން އަންނަ އޮޕަރޭޝަންގައި އިއްޔެ ވެސް މާލޭގައި ހިންގަމުންދިޔަ ހަތަރު މަސާޖު ޕާލާ ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
ތަފްސީލް - އެ ތަންތަނުގައި ހިންގަމުން ދިޔަ ވިޔަފާރި ވަގުތުން ހުއްޓުވުމުގެ ފިޔަވަޅުތައް އިކޮނޮމިކް މިނިސްޓްރީން އަޅާފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.
މިދިޔަ އަންގާރަ ދުވަހު ވެސް އިމިގްރޭޝަނުގެ އޮޕަރޭޝަނެއްގައި ހަތަރު މަސާޖު ޕާލާއެއް ބަލައި ފާސްކޮށް، ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ 4 ބިދޭސީއަކު ވަނީ އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
މަސާޖު ޕާލާތަކުގައި:
ހަށިވިއްކުވުމަށްޓަކައި ބޭރު ގައުމުތަކުން ޓޫރިސްޓް ވިސާގައި މީހުން ރާއްޖެ ގެނެސް، އެ މީހުން ބޭނުންކޮށްގެން ހަށިވިއްކުމުގެ ކަންކަން ކުރިއަށްގެންދޭ
ފާހަގަކުރެވޭ - މާލެ ސަރަހައްދުގައި 111 މަސާޖު ޕާލާ ހިންގާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ކުރަމުން އަންނަ ތަހުގީގުތަކަށް އެނގިފައިވާ ކަމަށް މިނިސްޓަރު އަލީ އިހުސާން މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.
އެ ތަންތަނުން ހައްޔަރުކުރާ މީހުންނަކީ ބިދޭސީއެއް ނަމަ ވަގުތުން އެ މީހަކު ޑީޕޯޓު ކުރާ ކަމަށް މިނިސްޓަރު ވަނީ ކުރިން ވިދާޅުވެފަ އެވެ.
އަނެއްކާވެސް 4 މަސާޖު ޕާލާއެއް ބަންދުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ