ބޮޑުކަންނެލީގެ މަސްވެރިންގެ ބަޔަކު ހައްޤުތައް ހޯދުމަށް ކުރިއަށްގެންދިޔަ އިހުތިޖާޖުގެ ތެރެއިން ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު ޖެހީ ނުފޫޒު ފޯރުވައިގެންކަމަށް އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ މަސްވެރިން ކުރިއަށްގެންދިޔަ އިހުތިާޖަށް ސަރުކާރުން ހުރަސްއަޅައި ހައްޔަރުކުރި މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އެޕާޓީގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޛާކިރާއި އިތުރުން 7 މީހަކު ހިމެނޭކަމަށެވެ. މީގެ ތެރެއިން ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް 4 މީހަކު ހާޒިރުކުރިކަން ފާހަގަކުރަމުން އެމްޑީޕީން ބުނީ ކޯޓަށް ހާޒިރުކުރުމަކާ ނުލައި އަނެއް 4 މީހުން ބަންދުގައި ބައިތިއްބާފައި ވަނީ ޤާނޫނު އަސާސީއާ ހިލާފަށްކަމަށެވެ.
އެމްޑީޕީން ބުނީ ކޯޓުން އެމީހުންގެ ބަންދުގެ މުއްދަތު އިތުރުކުރި ނަމަވެސް އެމީހުންނަށް ކުރާ ތުހުމަތުތަކާ ގުޅޭ އެއްވެސް ހެތްކެއް ސާފުކޮށް ބަޔާންކޮށްދެވިފައި ނުވާކަމަށެވެ. އެގޮތުން އިތުރަށް އެމީހުން ބަންދުގައި ބަހައްޓަންޖެހޭ ޤާނޫނީ ސަބަބެއްވެސް ބަޔާންކޮށްދެވިފައި ނުވާކަމަށް އެމްޑީޕީން ފާހަގަކުރިއެވެ.
މަސްވެރިން ކުރިއަށް ގެންދިޔަ އިހުތިޖާޖުގެ ތެރެއިން ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ ސަރުކާރުގެ ސިޔާސީ ނުފޫޒުންކަމަށާއި، އެކަން ނިހާޔަތަށް ކުއްވެރިކުރާކަމަށްވެސް އެމްޑީޕީން ވަނީ ބުނެފައެވެ. އެޕާޓީން ވަނީ ޤަނޫނު އަސާސީއާ ހިލާފަށް ހައްޔަރުކުރި އެންމެން ވަގުތުން ދޫކޮށްލުމަް ގޮވާލާފައެވެ.
މަސްވެރިންގެ އިހުތިޖާޖުން ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު ޖެހީ ނުފޫޒުން: އެމްޑީޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ