ސިޔާސީ މުހިއްމު ކަންތައްތައްތަކެއް ހާމަކުރަން ޕީއެންއެފުން ބައްދަލުވުމެއް

ސިޔާސީ މުހިއްމު ކަންތައްތަކެއް ހާމަކުރުމަށްޓަކައި، ހާއްސަ ބައްދަލުވުމެއް ބޭއްވުމަށް ނިންމާފައިވާ ކަަމށް ޕީއެންއެފުން ބުނެފި އެވެ.
ވީ ކިހިނެއް؟- އަންނަ ބުދަ ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި ބާއްވާ މި ބައްދަލުވުމުގައި އާއްމު ކުރާނީ ކޮންކަންތަކެއް ކަމެއް އަދި ނޭނގެ އެވެ. އެކަމަކު އެ ޕާޓީއިން ބުނީ 'ރީސެޓް'ގެ ނަމުގައި ބާއްވާ އެ ބައްދަލުވުމުގައި، ސިޔާސީ މުހިއްމު ނިންމުންތަކެއް އާއްމު ކުރާނެ ކަމަށެވެ.
އެ ބައްދަލުވުމުގައި ޕާޓީގެ ރައީސް އަބްދުﷲ ޔާމީން ވެސް ވާހަކަ ދައްކަވާނެ ކަމަށް ބުންޏެވެ.
އެނގުން މުހިއްމު- އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މިހާރު ހަރަކާތްތެރިވަމުން އަންނަ ޕީއެންއެފުން މި ފަދަ ބޮޑެތި ޖަލްސާތައް ބާއްވަނީ ވަރަށް މަދުންނެވެ. އާއްމުކޮށް އެ ޕާޓީގެ ބައްދަލުވުންތައް ބާއްވަނީ، ޕީއެންއެފްގެ އޮފީސް ހުންނަ ޔާމީންގެ ގެކޮޅު، ހ. ދޫވެހީގަ އެވެ. ޕީޕީއެމްއިން ވަކިވެ، ޔާމީން އުފެއްދެވި ޕީއެންއެފް އެޕާޓީން ބޮޑު ޖަލްސާއެއް ބާއްވާފައިވަނީ މިދިޔަ އޮގަސްޓު މަހުގެ ތެރޭގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ