ޔުނައިޓެޑް އަަރަބް އެމިރޭޓްސް (ޔޫއޭއީ)ގައި މިހާރު ކުރިއަށްދާ ދުބާއީ 2025 ގައި އޭޝިއަން ޔޫތު ޕެރަ ގޭމްސްގައި، ރާއްޖޭގެ ފެތުންތެރިޔާ، މުހައްމަދު ރިޒްހާން ތާރީހީ ކާމިޔާބެއް ހޯދައިދީފި އެވެ.
އެ ގޮތުން، ހުނަރުވެރި ފެތުންތެރިޔާ، ރިޒްހާން ވަނީ ފިރިހެނުންގެ 12-16 އަހަރުގެ ކެޓަގަރީގެ 50 މީޓަރު ފްރީސްޓައިލް S10 ކެޓަގަރީން ލޯ މެޑަލް ހޯދައިފަ އެވެ.
މިއީ، މިހާތަނަށް ޕެރަ ގޭމްސްއެއްގައި، ރާއްޖެ އަށް ލިބިގެންދިޔަ ފުރަތަމަ މެޑަލް ކަމަށް މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީން ވަނީ ބުނެފަ އެވެ. ޕެރަލިމްޕިކް ކޮމިޓީން ބުނީ، މިއީ ރާއްޖޭގެ ޕެރަލިމްޕިކް މޫވްމަންޓަށް ލިބިގެންދިޔަ ކާމިޔާބެއް ކަމަށެވެ. އަދި، މީގެ މަތީގައި ސާބިތުވެ ތިބެ، ކުރިއަށް އޮތްތަނުގައި އިތުރު ކާމިޔާބީތައް ހޯދުމަށް މަސައްކަތްތައް ކުރެވޭނެ ކަމަށް ޕެރަލިމްޕިކް ކޮމީޓީން ވަނީ ބުނެފަ އެވެ.
ޕެރަލިމްޕިކް ކޮމިޓީން ވަނީ ރިޒްހާންގެ މި ކާމިޔާބީގައި، އެހީތެރިވެދިން ޕެރަ ސްވިމިން ކޯޗުންނަށާއި މި ކަމުގައި އެހީވެދިން އެންމެނަށް ޝުކުރު އަދާކޮށްފަ އެވެ.
ޕެރަ ގޭމްސްގައި، ރާއްޖޭން ވާދަކުރަނީ، ސްވިމިންގެ އިތުރުން އެތުލެޓިކްސްގަ އެެވެ. ރިޒްހާންގެ އިތުރުން ދެން ވާދަކުރާ އެތުލީޓުންނަކީ، އަޔާން އަބްދުﷲ، އަހުމަދު ދާއީ މިރުޒާ އަދި އާދަމް އަލޫފް އެވެ.
ޕެރަ ގޭމްސްގައި ރާއްޖެ އަށް ތާރީހީ ފުރަތަމަ މެޑަލް ހޯދައިދިނީ ރިޒްހާން ޕެރަ ގޭމްސްގައި ރާއްޖެ އަށް ތާރީހީ ފުރަތަމަ މެޑަލް ހޯދައިދިނީ ރިޒްހާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ