ދިވެހި ރެޑް ކްރެސެންޓްގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމަށް އެ ޖަމާއަތުގެ ހުޅުމާލޭ ބިން ތަރައްގީ ކުރުމަށް، ދިވެހި ރެޑް ކްރެސެންޓާއި ފަސްޓް ނެޝަނަލްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ފާހަގަކޮށްލެވޭ - މިއީ ރާއްޖޭގެ ތާރީހުގައިވެސް ޕަބްލިކް، ޕްރައިވެޓް އަދި މުޖްތަމައުގެ ލާބައަށް އިޖްތިމާއީ މަސައްކަތެއް ކުރިއެރުވުމަށް، "ބްލެންޑަޑް ފައިނޭންސް މޮޑެލް"ގައި ކުރިއަށް ގެންދާ ފުރަތަމަ ޕްރޮޖެކްޓެވެ.
ވީ ކިހިނެއް؟ - އެކަމުގެ އެއްބަސްވުމުގައި ދެ ފަރާތުން ސޮއިކުރީ އިއްޔެ މާގިރި ހޮޓަލްގައި ބޭއްވި ހަފްލާއެއްގަ އެވެ.
ތަފްސީލް - އެ އެއްބަސްވުމުގެ ދަށުން، ހުޅުމާލޭގައި އޮތް ދިވެހި ރެޑް ކްރެސެންޓްގެ ބިން ތަރައްގީކުރާނެ ގޮތް ރާވައި ފައިނޭންސް އަދި ކޮންސްޓްރަކްޝަން މަސައްކަތް ކުރިއަށް ގެންދާނީ، ދިވެހި ރެޑް ކްރެސެންޓާއި ފަސްޓް ނެޝަނަލް ގުޅިގެންނެވެ. މި މަޝްރޫއަކީ:
ރާއްޖޭގެ ތާރީހުގައި ވެސް ދިވެހި ރެޑް ކްރެސެންޓްގެ ވަސީލަތްތައް ތަރައްގީކޮށް އެ ޖަމްއިއްޔާގެ ގާބިލްކަން ހަރުދަނާކުރަން ހިންގާ އެންމެ ބޮޑު އެއް މަޝްރޫއުއަށް ވެގެންދާނެ
ބުނީ ކީކޭ؟ - އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ހަފްލާގައި ފަސްޓް ނެޝަނަލްގެ ސީއީއޯ ހަސަން ޒިޔަތު ވިދާޅުވީ އެ މަޝްރޫއަކީ ރާއްޖޭގައި އިންސާނިއްޔަތަށް ކުރާ މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމަށް އެޅޭ މުހިންމު ބިންގަލެއް ކަމަދެވެ.
"މިފަދަ މަޝްރޫއުއެއްގައި މަސައްކަތްކުރުމަށް ފަސްޓް ނެޝަނަލްއަށް ފުރުސަތު ލިބުމަކީ، ވަރަށް ބޮޑަށް ފަހުރުވެރިވާ ކަމެއް،" ޒިޔަތު ވިދާޅުވި އެވެ.
މި ހަފްލާގައި ދިވެހި ރެޑް ކްރެސެންޓްގެ ރައީސް އަލީ ނާޝިދު ވިދާޅުވީ، މިއީ އެތައް އަހަރެއް ވަންދެން ދިވެހި ރެޑް ކްރެސެންޓްއިން ހަގީގަތަކަށް ހަދަން މަސައްކަތް ކުރަމުން އަންނަ މަޝްރޫއެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެ މަޝްރޫއު ނިމުމުން:
އެ ޖަމާއަތުން ފޯރުކޮށްދެމުންދާ ހިދުމަތަތްތަކާއި ހަރަކާތްތައް އިތުރަށް ފުޅާކުރެވޭނެ
ކާރިސާތަކަށް އިޖާބަދިނުމާއި ކާރިސާގެ ހާލަތްތަކަށް ތައްޔާރުވުމަށް އަދި ވިލުންތެރި މުޖްތަމައުއެއް ބިނާކުރުމަށް އެ ޖަމާއަތުން ހިންގާ ޕްރޮގްރާމްތައް ދެމެހެއްޓެނިވި ގޮތުގައި ހިންގުމަށް މަގުފަހިވެގެން ދާނެ
ފަސްޓް ނެޝަނަލްއިން ތާރީހީ މާލީ މޮޑެލްއެއްގައި ރެޑްކްރެސެންޓުގެ ހުޅުމާލޭ ބިން ތަރައްގީކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ