ހޯރަފުށީ ސްކޫލުގައި އަލުން އޭ ލެވެލް އަށް ކިޔަވައިދޭން ފަށައިފި

ހއ. އަތޮޅު މަދަރުސާ ހުންނަ ހޯރަފުށީ ސްކޫލުގައި އަލުން އޭ ލެވެލް އަށް ކިޔަވައިދޭން މިއަދު ފަށައިފި އެވެ.އެޑިއުކޭޝަން މިނިސްޓަރީން ބުނީ ހއ. އަތޮޅު މަދަރުސާ ހިމެނޭ ހެން މި އަަހަރު އަލަށް 12 ސްކޫލެއްގައި އޭ ލެވެލް އަށް ކިޔަވައިދޭން ފަށައިފަވާ ކަށެވެ.ހއ. އަތޮޅު މަދަރުސާގައި މީގެ ކުރިން 11،12 އަށް ކިޔަވައިދެމުން އައިސް އެކަން ހުއްޓުނު ފަހުން މިހާރު ގިނަ އަހަރުތަކެއް ވެއްޖެ އެވެ. ނަމަވެސް ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން އަލުން ހޯރަފުށީ ސްކޫލެއްގައި އޭ ލެވެލް އަށް ކިޔަވައިދޭން ފެށުމުން އެކަމުގެ ހިންހަމަ ޖެހުން ދަރިވަރުންނާއި ބެލެނެރިވެރިންނަށް ކުރާނެ އެވެ.ކޮންމެ އަހަރަކު 7،000އާ ގާތްކުރާ އަދަދަކަށް ދަރިވަރުން އޯލެވެލް ނިންމަ އެވެ. އެކަމަކު، އޭގެތެރެއިން އޭ ލެވެލް އަށް ކިޔަވަނީ ގާތްގަނޑަކަށް 2،000 ދަރިވަރުންނެވެ.މި އަހަރު އެ އަދަދު 3،000 އިން މަތިވެފައިވާ ކަން މިނިސްޓަރީން ފާހަގަކުރެ އެވެ. މިނިސްޓްރީން ވަނީ އޭ ލެވެލް ފެށި ދަރިވަރުން ނަތީޖާ ނެރެން ގަދައަޅައި މަސައްކަތް ކުރަން އިލްތިމާސްކޮށްފަ އެވެ.ރާއްޖޭގައި އޭ ލެވެލް ކިޔެވުމުގެ ފުރުސަތު ވީހާވެސް ގިނަ ކުދިންނަށް ދޭން ގްރޭޑް 11، 12 އަށް ވައްދާ ކްރައިޓީރިއާ ދަށްކޮށް އުސޫލު ވެސް މިފަހުން ވަނީ އިސްލާހުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ