ބާސެލޯނާ (ސެޕްޓެމްބަރު 14) - ބާސެލޯނާ އަށް ކުޅެމުން އަންނަ ފޯވާޑް، ލަމީން ޔަމާލް އަނިޔާގައި ހުރެ ސްޕެއިން ގައުމީ ޓީމުން އޭނާ ލައްވައި ކުޅުވާފައިވާ ކަމަށް ބުނެ، ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް ފާޑުކިޔައިފި އެވެ.
އުމުރުން 18 އަހަރުގެ ޔަމާލް ވަނީ، އިންޓަނޭޝަނަލް ބްރޭކުގައި ސްޕެއިނުން ވޯލްޑް ކަޕް ކޮލިފައިންގައި ބަލްގޭރިއާ އަތުން 3-0 އިން މޮޅުވި މެޗާއި ތުރުކީގެ މައްޗަށް 6-0 އިން ކުރިހޯދި މެޗުގައި ކުޅެފަ އެވެ.
އެ މެޗުތަކަށް ފަހު، ބާސެލޯނާގެ ޕްރެކްޓިހަށް އައި ނަމަވެސް، އިއްޔެ ކުރިއަށްދިޔަ އެ ކްލަބްގެ އެއްވެސް ސެޝަނެއްގައި ޔަމާލް ބައިވެރިނުވެ އެވެ. އެ ކްލަބުން ބުނީ، ޔަމާލްގެ އުކުޅުވަޅަށް ލިބުނު އަނިޔާގެ ހާލަތު ފެންނަނީ ގޯސްކޮށް ކަމަށެވެ.
ބާސެލޯނާގެ ކޯޗު ފްލިކް ބުނީ، ވެލެންސިއާއާ ދެކޮޅަށް ބާސެލޯނާ އިން ކުޅޭ މެޗުގައި ޔަމާލް ނުފެންނާނެ ކަމަށެވެ. އަދި، އެއީ، ސްޕެއިން ޓީމުން ކަންކަން ކޮށްފައިހުރި ގޮތުންކަމަށް ފްލިކް ވަނީ ބުނެފަ އެވެ.
"އަނިޔާގައި ހުރެ ވެސް އޭނަ (ޔަމާލް) ވަނީ 79 މިނިޓާއި 73 މިނިޓް (ސްޕެއިން މެޗުތަކުގައި) ކުޅެފައި. ދެ މެޗު މެދުތެރެއިން އޭނަ އަށް ފަރިތަ ވެސް ނުކުރެވޭ، ތަދު ހުރުމުގެ ސަބަބުން، އެއީ ކުޅުންތެރިންގެ ސިއްހީ ރައްކާތެރިކަމަށް ވިސްނާނެ ބަޔަކު ކަންކަން ކުރާނެ ގޮތެއް ނޫން،" ފްލިކް ބުންޏެވެ.
ޖަރުމަނު ގައުމީ ޓީމަށް ކުރިން ކޯޗުކޮށްދިން ފްލިކް ބުނެފައިވަނީ، ސްޕެއިންގެ ކޯޗު، ލުއިސް ޑެ ލަ ފުއެންޓޭއާ އެކު، މެސެޖުތަކެއް ކުރެވިފައިވާ ކަމަށާއި ކުރިއަށް އޮތްތަނުގައި ކަންކަން ރަނގަޅުވާނެ ކަމަށް އުންމީދުކުރާ ކަމަށެެވެ.
ސްޕެއިން ޓީމުގައި ކޮންމެ މަގާމެއްގައި ކުޅޭ ފެންވަރު ރަނގަޅު ގިނަ ކުޅުންތެރިން ތިބިއިރު، އަނިޔާގައި ހުރި ކުޅުންތެރިއަކު ކުޅުވަންޖެހޭ ހާލަތެއް އަދި ދިމާނުވާ ކަމަށް ވެސް ފްލިކް ވަނީ ބުނެފަ އެވެ.
ވެލެންސިއާ މެޗުގެ އިތުރުން، ޗެމްޕިއަންސް ލީގުގައި ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗު ވެސް ޔަމާލް އަށް ގެއްލުމުގެ ފުރުސަތު އެބައޮތެވެ.
ޔަމާލްގެ އަނިޔާގެ މައްސަލައިގައި ބާސެލޯނާގެ ފާޑުކިޔުން ސްޕެއިން އަށް ޔަމާލްގެ އަނިޔާގެ މައްސަލައިގައި ބާސެލޯނާގެ ފާޑުކިޔުން ސްޕެއިން އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ