ސްޓޮކްހޯލްމް، ސްވިޑެން (އޮކްޓޫބަރު 19) - ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ސްވިޑެން އަށް ބާކީ އޮތް މެޗުތަކުގައި އެ ޓީމަށް ކޯޗުކޮށްދޭން ކުރު ކޮންޓްރެކްޓެއްގައި، ގްރަހަމް ޕޮޓާ ގެންނަން ސްވިޑެން ފުޓްބޯލް ފެޑެރޭޝަން އިން މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޕޮޓާ އަށް މިދިޔަ މަހުގެ ފަހުކޮޅުގައި، ވެސްޓް ހޭމް ޔުނައިޓެޑްގެ ކޯޗުކަން ގެއްލުނީ މަގާމުގައި ނުވަ މަސް ވީ ފަހުންނެވެ. ކުރިން ބްރައިޓަން އަށް ކޯޗުކޮށްދިން ޕޮޓާ އަށް ޗެލްސީގެ ކޯޗުކަމުގައި ވެސް ހުރެވުނީ ދިގު މުއްދަތުގެ ކޮންޓްރެކްޓެއް ހެދި ނަމަވެސް ނުވަ މަހުގަ އެވެ.
ސްވިޑެން އިން މި ފަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައި ކޮސޯވޯ އަތުން 1-0 އިން ބަލިވި މެޗަށް ފަހު އެ ޓީމުގެ ކޯޗުކަމުން ޔޮން ދާލް ތޮމަސަން ވަކިކުރުއިރު، އާ ކޯޗެއް ހޯދަން ސްވިޑެން އިން ފެށުމާ އެކު، ޕޮޓާ ވަނީ އަމިއްލަ އަށް ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ސްވިޑެން އިން ޕޮޓާ ގެންނަން މަސައްކަތްކުރަނީ، ވޯލްޑް ކަޕް ކޮލިފައިން އަށް ޓާގެޓްކުރާ ކޮންްޓްރެކްޓެއްގަ އެވެ. އަދި، އެ މެޗުތަކުގައި ނެރޭ ނަތީޖާތަކަށް ބަލައި، އެއްބަސްވުން އާ ކުރަން މާއްދާއެއް ހިމަނާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ސްވިޑެން މި ވަގުތު އޮތީ ވޯލްޑް ކަޕް ކޮލިފައިން ގްރޫޕް ބީގެ އެންމެ ފުލުގައި ހަތަރު މެޗުން އެއް ޕޮއިންޓާ އެކު އެވެ. ގްރޫޕްގެ އެއް ވަަނަ ހޯދައިގެން ވޯލްޑް ކަޕްގެ ސީދާ ޖާގައެއް ހޯދުމުގެ ފުރުސަތު ސްވިޑެން އަށް ގެއްލިފައިވާއިރު، އެ ޓީމަށް ދެން ވޯލްޑް ކަޕްގެ ޖާގައެއް ލިބެން އޮތީ ގްރޫޕްގެ ދެ ވަނައިގައި ނިންމައި، ޕްލޭއޮފް ބުރުންނެވެ. އެކަން ހާސިލްކުރަން ބާކީ އޮތް ހުރިހާ މެޗަކުން މޮޅުވާން ޖެހޭނެ އެވެ.
ޯވޯލްޑް ކަޕް ކޮލިފައިން އަށް ހާއްސަކޮށް ޕޮޓާ އަށް ސްވިޑެންގެ ކޯޗުކަށް ދެނީ ޯވޯލްޑް ކަޕް ކޮލިފައިން އަށް ހާއްސަކޮށް ޕޮޓާ އަށް ސްވިޑެންގެ ކޯޗުކަށް ދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ