އަންހެނަކު ހިފަހައްޓައި އަނިޔާކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

މާލޭ މާފަންނު ގެއެއްގައި މިދިޔަ އަންގާރަ ދުވަހުގެ ރޭ 18 އަހަރުގެ އަންހެނަކު ގަދަކަމުން ހިފަހައްޓައި އަނިޔާކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި އެވެ.
ތަފްސީލް - ފުލުހުން މިއަދު ބުނީ:
މިދިޔަ އަންގާރަ ދުވަހުގެ ރޭ ހައްޔަރުކޮށްފައިވަނީ އަހުމަދު އާހިލް މުނާޒް، 19، ހ. ފޯސީޒަން
އޭނާ 15 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވޭ
މި މައްސަލައިގެ މާ ބޮޑު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ. ފުލުހުން މިދިޔަ އަންގާރަ ދުވަހުގެ ރޭ ބުނީ އެ އަންހެން މީހާ ގަދަަކަމުން ހިފަހައްޓައި ޖިސްމާނީ އަނިޔާކޮށްފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ