ދިރާގު ފިންޓެކް ކުންފުނިން ކަސްޓަމަރުންނަށް އެންމެ 1ރ.އަށް ކޮފީއެއް ލިބޭ ޕްރޮމޯޝަނެއް މާދަމާ ކުރިއަށްގެންދަން ނިންމައިފި އެވެ.
ތަފްސީލް - މި ޕްރޮމޯޝަންގެ ދަށުން، ހުޅުމާލޭ ފުރަތަމަ ފޭސްގައި ހުންނަ 'ދަ ކޮފީ ބީން އެންޑް ޓީ ލީފް' އިން ވިއްކާ ހާއްސަ ބުއިންތައް މާދަމާ 1ރ.އަށް އަޖުމަ ބަލާލެވޭނެ އެވެ.
ދަ ކޮފީ ބީން އެންޑް ޓީ ލީފްއަށް މާދަމާ ޒިޔާރަތްކުރާ މީހުންނަށް:
ދިރާގުޕޭ މެދުވެރިކޮށް އެންމެ 1ރ. ހަރަދުކޮށްގެން، އެ ތަނުން ލިބެން ހުންނަ 12 އައުންސުގެ ބުއިންތަކުގެ ތެރެއިން އިހްތިޔާރުކުރާ އެއް ބުއިން ލިބޭނެ
ދިރާގުޕޭ މުޅިން އަލަށް ބޭނުންކުރާ ކަސްޓަމަރުންނަށް ވެސް، ދިރާގުޕޭ އެޕް ޑައުންލޯޑްކޮށް ރަޖިސްޓަރީކޮށްގެން މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ
ދިރާގުގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ދިރާގު ފިންޓެކްގެ މި ޕްރޮމޯޝަނަކީ ދިރާގުޕޭގެ ކަސްޓަމަރުންގެ އަގުވަޒަންކުރުމުގެ އިތުރުން ރާއްޖޭގައި ފައިސާގެ މުއާމަލާތްތައް ކުރުމަށް ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމަށް ޝައުގުވެރިކަން އިތުރުކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮމޯޝަނެއް ކަމަށް ދިރާގުން ބުންޏެވެ.
ދަ ކޮފީ ބީން އެންޑް ޓީ ލީފް އިން އެންމެ މަތީ ފެންވަރުގެ ތަކެތި ބޭނުންކޮށްގެން ތައްޔާރުކޮށްފައި ހުންނަ ތަފާތު ވައްތަރުތަކުގެ ކޮފީ އާއި ސައިގެ ބުއިންތައް ލިބެން ހުރެ އެވެ.
ޖުމްލަ 33 ކަސްޓަމަރުންނަށް އެއްފަހަރާ ހިދުމަތް ދެވޭ ގޮތަށް ތައްޔާރުކޮށްފައިވާ މި ތަނުން ދަ ކޮފީ ބީން އެންޑް ޓީ ލީފްގެ ހާއްސަ އުފެއްދުމެއް ކަމަށްވާ އައިސް ބްލެންޑެޑް ބުއިންތަކާއި އެކި ބާވަތްތަކުގެ ކާތަކެތި ވެސް ލިބެން ހުރެ އެވެ. އޭގެ ތެރޭގައި، ޕޭސްޓްރީސް، ސޭންޑްވިޗު އަދި ފޮނިކާތަކެތި ހިމެނެ އެވެ.
ދިރާގުޕޭން މާދަމާ ހާއްސަ ޕްރޮމޯޝަނެއް: 'ދަ ކޮފީ ބީން އެންޑް ޓީ ލީފް'އިން 1ރ.އަށް ކޮފީއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ