އެންސްޕާ ޑިޖިޓަލްކޮށް، ޚިދުމަތް ދިނުން ފަސޭހަވެ، ހަލުވި ކުރުމާ ދިމާލަށް
ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ޚިދުމަތްތައް އެއްކޮށް ޑިޖިޓަލް ކުރެވުމުން އެޕްލިކޭޝަން ތަކަށް ބޭނުންވާ މީހުންގެ މުހިންމު މައުލޫމާތުތައް ހޯދަން ފަސޭހަވެ، ޚިދުމަތްތައް އަވަހަށް ދިނުމަށް މަގުފަހިވާނެ ކަމަށް އެންސްޕާގެ ސީއީއޯ ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެއެވެ. މިހާ ޒަމާން ވަންދެން, އެކި ސަރުކާރުތަކުން އެންސްޕާ ހިންގަމުން އައީ އެކަށީގެންވާ ސިސްޓަމެއް ނެތިއެވެ. ގިނަ ކަންކަން މެނުއަލްކޮށް ކުރާ އުސޫލުންނެވެ. އެހެންވެ އެހީތެރިކަން ފޯރުކޮށް ދިނުމުގެ ކުރިން ފުރިހަމަ ކުރަން ޖެހޭ އިދާރީ ކަންކަމަށް ގިނަ ވަގުތު ނަގައެވެ. އަދި މަދު މުވައްޒަފުންތަކަކާއެކު ކުރަން ޖެހޭ މަސައްކަތް ބުރަވެފައި, ގިނައެވެ. އެކަންކަމަށް ހައްލެއް ގެނައުމަށްޓަކައި އެންސްޕާއިން މިހާރު ވަނީ އެ އެޖެންސީގެ ޚިދުމަތްތައް ޑިޖިޓަލް ކުރުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން, ފަސް ޚިދުމަތެއް މިހާރު ވަނީ، ވަންގަވްއަށް ބަދަލުކޮށްފައެވެ. ހީނާ ވިދާޅުވީ، މިހާރު އެންމެ އުނދަގުލީ، ބައިވަރު މައުލޫމާތުތައް އެ އެޖެންސީއަށް ބޭނުންވާއިރު, އެހީ ދިނުމުގެ ކުރިން ޔަގީން ކުރަން ޖެހޭ މުހިންމު މައުލޫމާތުތައް ހޯދުމަށް ކަމަށެވެ. ޑިޖިޓަލް ޚިދުމަތާއެކު މީހުންނަށް ފޯމް ހުށަހެޅޭނީ ހުށަހަޅަން ޖެހޭ ހުރިހާ ޑޮކިއުމެންޓެއް ލިބިއްޖެކަން ސިސްޓަމުން ކަށަވަރު ކުރުމުން ކަމަށް ހީނާ ވިދާޅުވިއެވެ. ހަމައެއާއެކު ޑޮކިއުމެންޓެއް މަދުވާނަމަ ސިސްޓަމްގެ ތެރެއިން ކަސްޓަމަރަށް އެކަން އެނގޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. މިހާރު އެންސްޕާއިން އެ މައުލޫމާތުތައް ބަލަހައްޓަމުން އަންނަނީ، ފައިލުތަކުގައެވެ. ހީނާ ވިދާޅުވީ، ބޭނުންވާ މުހިންމު މައުލޫމާތުތައް ހޯދުމުގައި ވެސް ވަރަށް ބައިވަރު ވަގުތުތައް މިހާރު ހޭދަވާ ކަމަށެވެ. އެހެންވެ، ފޯމުތަކުގެ މައުލޫމާތުތައް ޔަގީންކުރުމަށް އެންސްޕާގެ ހުރިހާ މުވައްޒަފުން ހެނދުނު އޮފީހަށްދާ ގޮތަށް ރޭގަނޑު ވަރަށް ލަސް ވަންދެން މަސައްކަތް ކުރަން ޖެހޭކަން ހީނާ ފާހަގަކުރެއްވިއެވެ. ނަމަވެސް، އަންނަ އަހަރު ހުރިހާ ޚިދުމަތެއް ޑިޖިޓަލައިޒް ކުރެވުމުން މީހުންގެ މައުލޫމާތުތައް އެނެލައިޒް ކުރުމަށް ވަރަށް ބޮޑު ފަސޭހައެއް ލިބޭނެ ކަމަށް ހީނާ ވަނީ ވިދާޅުވެފައެވެ. އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ރައްޔިތުންނަށް އަވަސް ޚިދުމަތްތަކެއް، އެފިޝިއެންޓުކޮށް ދެވޭނެ މަގު ތަނަސްވެގެން ދިޔުން. ޕޭޕާ ލެސް މާހައުލަކަށް އަޅުގަނޑުމެން ބަދަލުވެގެން ދިޔުންއެންސްޕާގެ ސީއީއޯ ހީނާ ވަލީދު އިތުރަށް ވާހަކަދައްކަވަމުން ހީނާ ވިދާޅުވީ، މިހާރު އެންމެ ގިނައިން އެންސްޕާއަށް އާއްމުން ގުޅަނީ، އެހީއަށް އެދޭ ފޯމު ހުށަހެޅުމަށް ފަހު, އޭގެ އަޕްޑޭޓް ބަލަން ކަމަށެވެ. އެންސްޕާގެ ބައެއް ޚިދުމަތްތައް ވަންގަވްއަށް ތައާރަފްކުރުމުގެ ހަފްލާގެ ތެރެއިން -- ފޮޓޯ: އެންސްޕާ އެއާ ޚިލާފަށް ޚިދުމަތްތައް ޑިޖިޓަލްވުމުން އެމީހަކު ލާ ފޯމެއްގެ އެންމެ ފަހުގެ މައުލޫމާތާއި ކަން އޮތް ހިސާބު, އީފާސްއިން ލޮގިން ވެލުމުން އެނގޭނެ ކަން ހީނާ ފާހަގަކުރެއްވިއެވެ. އެހެންވީމަ މި ސިސްޓަމް ގާއިމުކުރެވުނީމަ އެބައި ވަރަށް މަދުވެގެންދާނެ. އެއީ، ޚިދުމަތްތައް ހޯދާ މީހުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައަކަށްވާނެއެންސްޕާގެ ސީއީއޯ ހީނާ ވަލީދު އެއާއެކު، ގިނަ ޑޮކިއުމަންޓުތަކެއް އެހީ ހޯދަން ހުށަހަޅަން ނުޖެހި، ޚިދުމަތްތައް ހޯދަން ބޭނުންވާ މަދު ޑޮކިއުމަންޓުތަކެއް ހުށަހަޅައިގެން އެހީ ލިބުން ފަދަ ފަސޭހަތައް ވެސް ޑިޖިޓަލްވުމުން ލިބޭނެކަން ހީނާ ވަނީ ފާހަގަކުރައްވާފައެވެ. ފާހަގަކުރެވޭ ގޮތުގައި، ވަންގަވް މެދުވެރިކޮށް އެންސްޕާއިން މިހާރު ދެނީ ފަސް ޚިދުމަތެކެވެ. އެއީ، ފަގީރު ހާލަތުގައި އުޅޭ އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އެހީއާއި ފަގީރު ހާލުގައި އުޅޭ އެހެން މީހުންގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް ދެމުންދާ އެހީއެވެ. https://sun.mv/213960 ފަގީރު ހާލަތުގައި ދިރިއުޅޭ މީހުން ކާބޯތަކެތި ގަތުމަށް ދޭ މާލީ އެހީ އާއިނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ މާލީ އެހީގެ އިތުރުން ނުކުޅުދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ ތެރަޕީއަށް ދޭ އެހީ ވެސް ވަންގަވް މެދުވެރިކޮށް ލިބޭނެއެވެ. އަދި ކުރިއަށް އޮތްތަނުގައި އެންސްޕާގެ އެހެން ޚިދުމަތްތައް ވެސް ޒަމާނީ ކުރަން ވަނީ ނިންމައިފައެވެ. އެކަމުގެ މަސައްކަތްތައް މިހާރު އަންނަނީ ކުރަމުންނެވެ. އެންސްޕާއަކީ، އެކި ކަންކަމުގައި ރައްޔިތުންނަށް މާލީ އެހީ ފޯރުކޮށްދޭ އެޖެންސީ ކަމަށްވާއިރު، އެންސްޕާއިން އަންނަނީ ފޯރުކޮށްދޭ އެހީތަކުގެ މައުލޫމާތުތައް ކޮންމެ މަހަކު ހާމަކުރަމުންނެވެ. އެގޮތުން، އެންސްޕާއިން ކޮންމެ މަހަކު އާއްމުކުރާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޕްރައިވެޓް ހޮސްޕިޓަލްތަކަށާއި، އަދި ރާއްޖެއިން ބޭރުން ބޭނުންވާ ބޮޑެތި ފަރުވާތަކަށް ވެސް ގިނަ ޚަރަދުތަކެއް ކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ