ވިނަރެސް އެޗްޑީސީ އޮފީހުން މިހާރު ބިލުތައް ދެއްކޭނެ

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ވިނަރެސް ޓަވަރު 6ގައި ހުންނަ އެޗްޑީސީގެ އޮފީސް މެދުވެރިކޮށް ބިލުތައް ދެއްކޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.
ވީ ކިހިނެއް؟ - އެޗްޑީސީން ދެމުން އަންނަ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ވިނަރެސްގެ ހަވަނަ ޓަވަރުގެ އެއްވަނަ ފަންގިފިލާގައި އެޗްޑީސީގެ އޮފީހެއް ހުޅުވީ މިދިޔަ މެއި މަހު އެވެ.
ތަފްސީލް - ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9 އިން މެންދުރުފަހު 2އަށް ހުޅުވާ އެ އޮފީހުން މިހާރު ލިބޭނެ ހިދުމަތްތަކުގެ ތެރޭގައި:
މައުލޫމާތު ސާފުކޮށްދިނުން 
އެކި ކަހަލަ ފޯމު އެޕްލިކޭޝަންތައް ބަލައިގަތުން 
ފައިސާ ބަލައިގަތުމުގެ ހިދުމަތް
ފާހަގަކޮށްލެވޭ - ހިޔާ ޓަވަރުގައި ގާއިމްކޮށްފައިވާ އެޗްޑީސީގެ އޮފީސް ދާއިމީކޮށް ބަންދުކުރުމާ ގުޅިގެން، އެ އޮފީހުން ދެމުން އައި ހުރިހާ ހިދުމަތެއް މިހާރު ލިބޭނީ ވިނަރެސް އެޗްޑީސީ އޮފީހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ