ފުލުހުންގެ ދައުރު އަދާކުރަން ހުރަސްއެޅި ފުލުހަކު ހައްޔަރުކޮށްފި
ޗެކްޕޮއިންޓަކުން ހުއްޓުވި ފުލުހަކު، މާރާމާރީ ހިންގުމުން ހައްޔަރުކޮށްފި އެވެ.މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި މި ފަހަރު ހައްޔަރުކުރީ ފުލުސް އޮފިސަރެއް ކަމަށްވާ މ. ކޮޅުފުށި، ލިލީނައިޓް، މުހައްމަދު މައުސޫމް އެވެ.މާރާމާރީ ހިންގައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އުމުރުން 22 އަހަރުގެ މައުސޫމްގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ ދެ ދުވަސް ދީފަ އެވެ.މައުސޫމަށް ކުރާ ތުހުމަތުގެ ތަފްސީލެއް އަދި ނުލިބެ އެވެ. އަދި އޭނާއާ މެދު ފުލުހުން އެއްވެސް ފިޔަވަޅެއް އަޅާފައިވާ ކަމެއް ވެސް ނުބުނެ އެވެ.ސެލޫނެއް ތެރޭގައި މާރާމާރީ ހިންގައިގެން މިދިޔަ އާދިއްތަ ދުވަހު ވެސް ވަނީ ފުލުހަކު ހައްޔަރުކޮށްފަ އެވެ. އޭނާ މިހާރު ވަނީ ސަސްޕެންޑްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ