އިޓަލީވިލާތަކީ ޕާސްޓާ އުފެއްދުމުގައި ދުނިޔޭގެ އެންމެ މުއްސަނދި ތާރީހު އޮތް ގައުމެވެ. އެ ގައުމުގެ ސަގާފީ ރަހަތައް ހަމަ އެގޮތުގައި ދިވެހިންގެ ސުފުރާތަކާ ހަމައަށް ގެނެސްދިނުމަށް، އެމްޔޫ ސްޓޯރުން ޕާސްތާގެ ޕްރިމިއަމް މަރުކާއެއް ކަމުގައި 'ކެމްޕެގްނާ' ތައާރަފުކޮށްފި އެވެ.
'ކެމްޕެގްނާ' އަކީ އިޓަލީ ބަހުން "ރަށްފުށު" ނުވަތަ "ދަނޑުވެރިކަން ކުރާ ސަރަޙައްދު" މި މާނަ ދޭހަކޮށްދޭ ނަމެކެވެ. މި މަރުކާ ރަމްޒުކޮށްދެނީ އިޓަލީގެ ރަށްފުށުގެ ސަރަހައްދުތަކުގައި، ޒަމާނުއްސުރެ ގޮވާމުގެ ބާވަތްތައް ހައްދައި، އެންމެ މީރު ޕާސްތާ ތައްޔާރުކުރުމަށް ގެންގުޅުނު ގަދީމީ އުސޫލުތަކެވެ. މިއީ މެޝިނުތަކަށްވުރެ ބޮޑަށް، ފެންވަރު ރަނގަޅު ގޮވާމާއި އޭގެ ފަންނުވެރިކަމަށް އިސްކަންދީގެން އުފައްދާފައިވާ ތާރީހީ ރަހައެކެވެ.
އާދައިގެ ފުށުން ހަދާ ޕާސްޓާއާ ހިލާފަށް، ކެމްޕެގްނާ ޕާސްތާ ހަދާފައިވަނީ ހަމައެކަނި ޑިއުރަމް ވީޓް ބޭނުންކޮށްގެންނެވެ. އެއީ ގޮދަނުގެ ބާވަތްތަކުގެ ތެރެއިން އެންމެ "ހަރު" ގޮދަނުގެ ފުށެވެ. މިފަދަ ގޮދަނުގައި ޕްރޮޓީން ހުންނަ މިންވަރު ވަރަށް މަތިވާނެ އެވެ. ޑިއުރަމް ވީޓުގެ ފުށުން އުފައްދާފައި ވާތީ މި ބާވަތުގެ ޕާސްތާ ކައްކާއިރު ޕާސްތާ ޗަސްނުވެ، އޭގެ ރީތި ރަން ކުލަ ހިފަހައްޓައިދެއެވެ.
ދުނިޔޭގެ މަޝްހޫރު ޝެފުން ޕާސްތާ ކެއްކުމުގައި ބަލާ މިންގަނޑަށް ވެސް ކެމްޕެގްނާ ފެތެ އެވެ. މި ޕާސްތާ ކައްކާލުމުން ބޭރުފުށް މަޑުވެފައި އެތެރެ ހުންނާނީ 'ހަފާލަން ރަނގަޅު' ވަރަށެވެ. މިއީ އަސްލު އިޓާލީގެ ޕާސްތާގެ ސިފައެވެ.
އިޓާލިއަން ކްރީމީ ޕާސްތާގެ އިތުރުން، ދިވެހިންގެ މެދުގައި މަގުބޫލު "ވަޅޯމަސް ސްޕެގެޓީ" ހެދުމަށް ވެސް މިއީ އެއްވަނައިގެ ޕާސްތާއެކެވެ. މި ބާވަތުގެ ޕާސްތާގެ ތެރެއަށް، ސޯސްގަނޑުގެ ތާސީރު ރަނގަޅަށް ވަދެ، ރަހަ ފުރިހަމައަށް ހިފަހައްޓައިދެ އެވެ.
މިއީ އިޓަލީގެ ޕްރިމިއަމް ބްރޭޑަކަށް ވިޔަސް، އެމްޔޫ ސްޓޯރުން މި އުފެއްދުން ވިއްކަނީ ބާޒާރުގައި ލިބޭ އެހެން ބްރޭންޑްތަކާ ވާދަކުރެވޭފަދަ ހެޔޮ އަގެއްގައެވެ.
މިއީ ރެސްޓޯރެންޓްތަކާއި ކެފޭތަކަށްވެސް ރަނގަޅު ފުރުސަތެކެވެ. ކަސްޓަމަރުންނަށް އަސްލު އިޓަލީ ރަހަ ހެޔޮ އަގެއްގައި ފޯރުކޮށްދިނުމަށް 'ކެމްޕެގްނާ' ހިޔާރު ކުރެވިދާނެ އެވެ.
އިޓަލީވިލާތުގެ ސަގާފީ ރަހަ އެކުލެވޭ 'ކެމްޕެގްނާ' ޕާސްތާ އެމްޔޫ ސްޓޯރުން ރާއްޖެއަށް ތައާރަފުކޮށްފި އިޓަލީވިލާތުގެ ސަގާފީ ރަހަ އެކުލެވޭ 'ކެމްޕެގްނާ' ޕާސްތާ އެމްޔޫ ސްޓޯރުން ރާއްޖެއަށް ތައާރަފުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ