ސަރުކާރުގެ ބައެއް އިދާރާތަކުގެ ރަސްމީ މުޢާމަލާތްތަކުގައި ބޭނުންކުރައްވާނޭ ވަކި ނަންބަރުތަކެއް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހަމަޖައްސަވައިފި އެވެ.
މީގެތެރޭގައި ސަރުކާރުގެ އެންމެހައި ސްކޫލްތަކާއި، ސިއްހީ ހިދުމަތްދޭ ތަންތަނާއި، އިޖުތިމާއީ އަދި އާއިލީ ރައްކާތެރިކަން ފޯރުކޮށްދޭ މަރުކަޒުތަކަށް ކަަނޑަޅުއްވާފައިވާ ނަންބަރުތައް ހިމެނެ އެވެ. އަދި މޯލްޑިވްސް މެރީން ރިސާޗް އިންސްޓިޓިއުޓް، ގައުމީ ދާރުލްއާސާރު އަދި ނޭޝަނަލް އާޓް ގެލެރީ ވެސް ހިމެނެ އެވެ. މި އިދާރާތަކަށް ކަނޑައަޅުއްވާފައިވާ ނަންބަރުތައް ބަޔާންކުރައްވާފައިވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓް ގައި ޝާއިއު ކުރައްވާފައިވާ ދެންނެވުމުގަ އެވެ.
މިއާއިއެކު، މި ތަންތަނަށް ލިޔުއްވާ ސިޓީގައި އެ ނަންބަރުތައް ބޭނުންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދައުލަތުގެ އިދާރާތަކަށް ވަނީ އަންގަވާފަ އެވެ.
ސުކޫލުތަކާއި ސިއްހީ ތަންތަނާއި އާއިލީ މަރުކަޒުތަކަށް ނަންބަރުތަކެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ