ސަރުކާރު ހުރިހާ އިދާރާތަކަކަށް ވަކި ނަމްބަރުތަކެއް ކަނޑައަޅައިފި

ސަރުކާރު އިދާރާތަކުން ފޮނުވާ ސިޓީތަކުގައި ބޭނުން ކުރުމަށް، ކޮންމެ އިދާރާއަކަށް ވަކި ނަމްބަރުތަކެއް ކަނޑައަޅައިފި އެވެ.
ވީ ކިހިނެއް؟- ރައީސް އޮފީހުން އާއްމުކުރި އެންގުމެއްގައި ބުނިގޮތުގައި ނަމްބަރުތައް ދީފައިވަނީ ސަރުކާރު ސްކޫލުތަކަށާއި ސިއްހީ ހިދުމަތްދޭ ތަންތަނަށާއި އިޖްތިމާއީ އަދި އާއިލީ ރައްކާތެރިކަން ފޯރުކޮށްދޭ މަރުކަޒުތަކަށެވެ.
އޭގެ އިތުރުން ދެން ހިމެނެނީ:
މެރިން ރިސާޗް އިންސްޓިއުޓް
ގައުމީ ދާރުލްއާސާރު
ނެޝަނަލް އާޓް ގެލަރީ
ޖުމްލަ 445 އިދާރާއަކަށް ސަރުކާރުން ނަމްބަރު ދީފައި ވެ އެވެ. ނަމްބަރުތައް ދީފައިވަނީ 691 އިން ފެށިގެން 1135އާ ހަމައަށެވެ.
ސަރުކާރުން ބުނީ އެ އިދާރާތަކުން ސިޓީ ލިޔާއިރު، ހާއްސަކޮށްފައިވާ ނަމްބަރު ޖަހަން ޖެހޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ