ރޯދަ މަހަށް ހާއްސަކޮށްގެން ކޮންމެ އަހަރަކުވެސް އެސްޓީއޯ ޖެނެރަލް ޓްރޭޑިންގުން ކުރިއަށް ގެންދާ 'އެސްޓީއޯ ރަމަޒާން ބާޒާރު' ބޮޑެތި ޕްރޮމޯޝަންތަކަކާ އެކު މިއަދު ފަށައިފި އެވެ.
ފާހަގަކޮށްލެވޭ - މި އަހަރުގެ ބާޒާރުން ވިޔަފާރި ކުރާ ފަރާތްތަކަށް ގިނަ ޑިސްކައުންޓްތަކަކާ އެކު، އަގުހުރި އިނާމުތައް އަދި ޕްރޮމޯޝަންގެ އެންމެ ބޮޑު އިނާމުގެ ގޮތުގައި 100،000ރ. ފައިސާގެ އިނާމެއް ލިބުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.
ވީ ކިހިނެއް؟ - އެސްޓީއޯގެ ރޯދަ ބާޒާރު ފަށާފައި ވަނީ މިރޭ އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ބޭއްވި ހާއްސަ ހަފްލާއެއްގައި އެޗްޑީސީގެ ޗެއާމަން އަދި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓާ އަހުމަދު ޝަހީރު އެވެ. މި ޕްރޮމޯޝަން އޮންނާނީ:
18 މާޗް 2026 ގެ ނިޔަލަށް
ތަފްސީލް - މި އަހަރުގެ ރޯދަ ބާޒާރުގައި ގިނަ ތަކެތިން އަގުހުރި ޑިސްކައުންޓްތަކެއް ލިބޭނެ އެވެ. އެގޮތުން:
ހޮވާލެވިފައިވާ ހޯމް އެޕްލަޔަންސް ނުވަތަ ގޭތެރޭ ބޭނުންކުރާ ސާމާނުން %50އާ ހަމައަށް ޑިސްކައުންޓް
500ރ. އިން މަތިން ވިޔަފާރި ކުރާ ކޮންމެ ކަސްޓަމަރަކަށް ގުރުއަތުގައި ޑިޖިޓަލް ކޫޕަނެއް ލިބޭނެ
ކޮންމެ ހަފްތާއަކު ވެސް މި ކޫޕަންތައް ލިބޭ ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި އެއް ފަރާތަކަށް ހާއްސަ ގިފްޓް ހެމްޕަރެއް ލިބޭނެ
ޕްރޮމޯޝަންގެ އެންމެ ބޮޑު އިނާމަކީ 100،000ރ. ފައިސާގެ އިނާމެކެވެ. މި އިނާމު ލިބޭ ފަރާތް ހޮވާނީ:
ޕްރޮމޯޝަންގެ މުއްދަތުގައި ވިޔަފާރިކޮށް ކޫޕަން ލިބުނު ހުރިހާ ކަސްޓަމަރުންގެ މެދުގައި ނަގާ ގުރުއަތަކުން
މިއަހަރުގެ ރޯދަ ބާޒާރު ޕްރޮމޯޝަން އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ އިތުރުން ވިލިމާލެ ފިހާރަ އަދި އަތޮޅު ތެރޭގެ އެސްޓީއޯގެ 11 ފިހާރައަކުން ވެސް ލިބޭނެ
އެސްޓީއޯ ޖެނެރަލް ޓްރޭޑިންގުން ބާއްވާ މި ޕްރޮމޯޝަނަކީ ރޯދަމަހަށް ބޭނުންވާ ކޮލިޓީ ހިފާ ގެންގުޅޭ ސާމާނު ހެޔޮ އަގެއްގައި އާންމުންނަށް ލިބޭނޭ ފުރުސަތު ފަހިކޮށް ދިނުމަށް ގެންދާ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަނަށް ކޮންމެ އަހަރަކު ވެސް ގިނަ ބަޔެއްގެ ބޮޑު ތަރުހީބެއް ލިބެ އެވެ.
އެސްޓީއޯ ރަމަޒާން ބާޒާރު ފަށައިފި؛ އިނާމަކަށް 100،000 ރުފިޔާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ