ޗެކްޕޮއިންޓަކުން ހުއްޓުވުމުން ފުލުހުންނަށް ހަމަލާދިން ފުލުހަކު ހައްޔަރުކޮށްފި

ޗެކްޕޮއިންޓަކުން ހުއްޓުވި ފުލުހަކު، މާރާމާރީ ހިންގުމުން ހައްޔަރުކޮށްފި އެވެ.
ވީ ކިހިނެއް؟ - މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ މުހައްމަދު މައުސޫމް، 22 އެވެ. އޭނާއަކީ މ. ކޮޅުފުށީ މީހެކެވެ.
ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނެފައިވާ ގޮތުގައި މައުސޫމް ހައްޔަރުކުރީ:
ފުލުހުންގެ ވެހިކަލް ޗެކްޕޮއިންޓަކުން ހިފެހެއްޓުމުން، ފުލުހުންގެ ދައުރަށް ހުރަސް އަޅައި މާރާމާރީ ހިންގުމުން
އޭނާ އަކީ ފުލުހަކަށްވެފައި، ގާނޫނު ނެގެހެއްޓުމުގައި މަތީ ދަރަޖައަށް ޒިންމާ އޮތް މީހެއް ކަމަށް
މި މައްސަލައިގައި އޭނާގެ މައްޗަށް މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ގެންދިޔުމުން، ކޯޓުން ޖަހައިދިނީ ދެ ދުވަހެވެ.
އެނގުން މުހިއްމު- ސެލޫނެއް ތެރޭގައި މާރާމާރީ ހިންގައިގެން މިދިޔަ އާދިއްތަ ދުވަހު ވެސް ވަނީ ފުލުހަކު ހައްޔަރުކޮށްފަ އެވެ. އޭނާ މިހާރު ވަނީ ސަސްޕެންޑްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ