އަންނަ އަހަރު ދައްކަން ޖެހޭ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ދެއްކުމަށް ސަރުކާރުން ރާވާފައި އޮތް ގޮތަށް އިތުރު ސުކޫކެއް ވިއްކޭނެ ކަމުގެ ޔަގީންކަން ނެތް ކަމަށާއި، ފައިސާ ނުލިބި ރާއްޖޭގެ ސުކޫކު ޑިފޯލްޓު ވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ސަރުކާރުގެ ޕްލޭނާއި އެއްގޮތަށް އިތުރު ސުކޫކެއް ވިއްކޭނެ ކަމުގެ ޔަގީންކަން މިހާރު ނެތް ކަމަށެވެ. ސަބަބެއްގެ ގޮތުގައި ދެއްކެވީ ރާއްޖޭގެ މާލީ ހާލަތު ގޯސްވުމުގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު ގެއްލެމުން ދިޔުމެވެ. ސުކޫކު އަނބުރާ ދައްކަން ޖެހެނީ އެޕްރީލް 8، 2026، ގަ އެވެ.
"ރާއްޖޭގެ ސުކޫކު ބޮންޑު އަނބުރާ ނުދެއްކި ޑިިފޯލްޓު ވެދާނެ ކަމުގެ ބިރު އޮތްކަމަށް ބައެއް ތަޖުރިބާކާރުން ބުނޭ. މިހެން ވެއްޖެ ނަމަ އިންވެސްޓަރުންގެ އިތުބާރު އިތުރަށް ގެއްލި ފައިސާ ހޯދުމަށް އިތުރު ދަތިތަކެއް ކުރިމަތިވާނެ،" ނަޝީދު ލިޔުއްވާފައިވެ އެވެ.
މޫޑީސް އާއި ފިޗު ފަދަ ކްރެޑިޓް ރޭޓިން އެޖެންސީތަކުން ރާއްޖޭގެ ކްރެޑިޓު ރޭޓިން ދަށްކޮށްފައި އޮތުމަކީ ވެސް އައު ސުކޫކެއް ވިއްކުމަށް ދަތިވާނެ ސަބަބެއް ކަމުގައި މިއަދު ނަޝީދު ލިޔުއްވާފައިވެ އެވެ.
ހުލާސާކޮށް އިއްޔެ: 500 މިލިއަން ޑޮލަރުގެ ސުކޫކު ނުދެއްކި ރާއްޖެ ބަނގުރޫޓުވުމުގެ ބިރު ހުލާސާކޮށް އިއްޔެ: 500 މިލިއަން ޑޮލަރުގެ ސުކޫކު ނުދެއްކި ރާއްޖެ ބަނގުރޫޓުވުމުގެ ބިރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ