ކަޔާނޯ އާއި ޓެރެފިކް ޖޭމްގެ މެންބަރުން ސޮއިކުރި ޓީޝާޓު އުރީދޫ ފަންރަންގައި

ޒުވާނުންގެ ތެރޭގައި މަގުބޫލު މިއުޒިކް ދެ ބޭންޑެއް ކަމަށްވާ، ކަޔާނޯ އަދި ޓްރެފިކް ޖޭމް ބޭންޑްގެ މެންބަރުން ސޮއި ކުރި ލިމިޓަޑް އެޑިޝަން ޓީޝާޓް އުރީދޫ ފަން ރަންގައި ލިބޭނެކަމަށް އުރީދޫ އިން ބުނެފިއެވެ. އުރީދޫ ފަން ރަން ފެސްޓިވަލްގެ ތެރެއިން ބާއްވާ މިއުޒިކް ޝޯ އޮންނާނީ، މާދަމާ ރޭ 8 ޖަހާ އިރު ސެންޓްރަލް ޕާކު ސަރަހައްދުގައެވެ. މި ފަހަރުގެ ޝޯ، އާންމުންނަށް ހުޅުވާލެވިފައިވާއިރު، ރާއްޖޭގެ އެންމެ ހުނަރުވެރި އަދި އެންމެ މަޝްހޫރު ބޭންޑުތައް މި ޝޯއިން ފެންނާނެއެވެ. އޭގެ ތެރޭގައި ޓްރެފިކްޖޭމް، އިކުއެޓިކްސް ވައިބު، ހަބޭސް އަދި ސިމްބޮލިކް ރެކޯޑް ހިމެނެއެވެ. އުރީދޫ އިން ބުނި ގޮތުގައި ބޭންޑް ތަކުގެ މެމްބަރުން ވަނީ އުރީދޫ ފަން ރަންގެ ލިމިޓެޑް އެޑިޝަން ޓީޝާޓް ތަކުގައި ސޮއި ކޮށްފައެވެ. އަދި މި ޓީޝާޓްތައް އެ ބޭންޑެއް ޕާފޯމް ކުރާއިރު ބެލުންތެރިންގެ ތެރެއަށް އުކާލާނެއެވެ. އުރީދޫން ބުނެފައިވަނީ އުރީދޫ ފަންރަން އަކީ ހަމައެކަނި ދުވުމެއް ނޫންކަމަށާއި، މިއީ މުޖުތަމައުގެ ދުޅަހެޔޮކަމާއި، އުފާވެރިކަން ދައްކުވައިދޭ ހަރަކާތެއްކަމަށެވެ. އަދި އަމާޒަކީ ވެސް އެންމެން އެއްތަނަކަށް އެއްކޮށް، ހަރަކާތްތެރި ދިރިއުޅުމަކަށް ހިތްވަރު ދިނުމާއެކު، ދިވެހި ހުނަރުވެރިންގެ ހުނަރު ދައްކާލުމަށް ހިތްވަރު ދިނުންކަމަށް ވެސް އުރިދޫއިން ވަނީ ބުނެފައެވެ. އުރީދޫ ފަން ރަން އޮންނާނީ ހުކުރު ދުވަހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ