ޒަރިޔަންދު ޕީއެންއެފްއިން މާލޭ މޭޔަރުކަމަށް ނުކުންނަވަނީ

ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި އިދިކޮޅު ޕީޕަލްސް ނެޝަނަލް ޕްރޮންޓް (ޕީއެންއެފް)ގެ ފަރާތުން ކުރިމަތިލާ ކެންޑިޑޭޓަކަށް އިސްމާއިލް ޒަރިޔަންދު ހަމަޖައްސައިފި އެވެ.
ވީ ކިހިނެއް؟ - މިކަން އިއުލާންކުރީ މިހާރު އާޓިފިޝަލް ބީޗުގައި ކުރިއަށްދާ އެ ޕާޓީގެ 'ރިސެޓް' ޖަލްސާގަ އެވެ.
ތަފްސީލް - ކުރީގެ ގައުމީ ގޯލްކީޕަރު އަދި ދައުލަތުގެ އޮޑިޓިން ދާއިރާގައި ދިގު މުއްދަތެއް ހޭދަކުރެއްވި ޒަރިޔަންދު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕާޓީގެ ފަރާތުން ނުކުންނަވަނީ، އޭނާ ވިދާޅުވި ގޮތުގައި، މާލެ ސިޓީ ކައުންސިލްގައި ހުރި މައްސަލަތައް ހައްލުކުރަން އޭނާ ކަހަލަ ބޭފުޅަކު ބޭނުންވާ ކަމަށް އެމަނިކުފާނު ވިދާޅުވުމުންނެވެ. އެއީ އޭގެ ކުރިން ސިޔާސީ އެހެން ލީޑަރަކު އޭނާ ކައިރީ ވިދާޅުވި ވާހަކައެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ތަފްސީލް އަންނަނީ---
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ