ބައެއް ދާއިރާތަކުން ބިދޭސީންނަށް ކޯޓާ ނުދޭން ނިންމައިފި ސިނަމާލެ ފްލެޓުގެ މައްސަލަތައް ހައްލުކޮށްދެއްވާނަން: ރައީސް ކަންކަން ހަރުދަނާކުރުމަށް މިނިސްޓްރީ ހިންގުމަށް މުހިއްމު ބަދަލުތަކެއް ގެންނަވާނަން: އާދަމް ޝަރީފް މިނިސްޓްރީތަކުގެ މަސައްކަތްތައް ހިނގާނީ އ

ރޭގަނޑު 12 ގެ ފަހުން މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވާ ސުވާލުކޮށް، ގާނޫނީ ފިޔަވަޅު އަޅަންޖެހޭ ފަދަ ކަމެއް ހިނގާނަމަ އެކަން ކުރުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހިން ފުލުހުންގެ ހިދުމަތަށް އަންގަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައިވަނީ މިރެއިން ފެށިގެން މިކަން ތަންފީޒުކުރުމަށް ފުލުހުންނަށް އަންގަވާފައިވާކަމަށް ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖޭގައި އުޅެމުންދާ ބައެއް ބިދޭސީން ރޭގަނޑުގެ ދަންވަރު ވަގުތުގައި ރަށުތެރޭގެ ޢާންމު އިޖުތިމާޢީ މިންގަނޑާއި ހިލާފަށް އުޅެމުންދާކަމުގެ ކަންބޮޑުވުން ލިބެމުންދާކަމަށެވެ.
އެހެންކަމުން ރޭގަނޑު 12 އިން ފެށިގެން ހެނދުނު 6 ޖެހުމާއި ހަމައަށް، އާންމު ތަންތަނުގައާއި އަދި މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވާ އެމީހުންނާއި ސުވާލުކޮށް ހެދުމަށް ދިވެހި ފުލުހުންނަށް އަންގަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެމީހުންނާއި ސުވާލުކުރާއިރު ރާއްޖޭގެ ގާނޫނުތަކާއި ހިލާފު ކަމެއް ފާހަގަވާނަމަ އެކަމާއި ގުޅިގެން ގާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅެއްވާނަމަ އެފިޔަވަޅެއް އެޅުމަށް ފުލުހުންނަށް އަންގަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިކަން ބުދަ ދުވަހުގެ ރެއިން ފެށިގެން ފުލުހުންނާއި ތަންފީޒީ އިދާރާތަކުން ބެލުމަށް އަންގަވާފައިވާކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ގަލޮޅުގެ ރައްޔިތުންނާއެކު އަންގާރަ ދުވަހުގެ ރޭ ބޭއްވެވި ބައްދަލުކުރެއްވުމުގައި ބައެއް ރައްޔިތުންވަނީ މާލޭގެ އެކި ހިސާބުތަކުން ރޭގަނޑުގެ ގަޑިތަކުގައި ބިދޭސީން އެއްވެ އުޅޭތަން ފެންނަކަމަށާއި އަދި އާންމު އިޖުތިމާޢީ މިންގަނޑާއި ޚިލާފު ބައެއް ކަންކަން ހިންގަމުންދާކަން ފާހަގަވާކަމުގެ ކަންބޮޑުވުން ހިއްސާކުރައްވާފައެވެ. އަދި އެހެން ޤައުމުތަކުގައި ވަކި ގަޑިތަކެއްގެ ފަހުން ބޭރުގައި އުޅޭނަމަ އެޤައުމުތަކުގެ ކަމާބެހޭ ފަރާތްތަކުން އެކަންކަން ބަލާކަންވެސް ބައެއް ރައްޔިތުންވަނީ ފާހަގަކޮށްފައެވެ.
ރައްޔިތުން ހުށައެޅި ޚިޔާލުތަކާއި ކަންބޮޑުވުން އަޑުއައްސަވާ ރައީސުލްޖުމްހޫރިއްޔާވަނީ މުޖުތަމަޢުގެ ހަމަޖެހުމާއި އާންމު އިޖުތިމާޢީ މިންގަނޑާއި ޚިލާފު އެފަދަ ކަންކަން ބިދޭސީންގެ ފަރާތުން ހިނގާތޯ ބެލުމަށާއި އަދި ވަކި ގަޑިއެއްގެ ފަހުން ބޭރުގައި އުޅޭ ބިދޭސީންނާއި ސުވާލުކޮށް އެކަންކަން ބެލުމަށް ކަމާބެހޭ މުވައްސަސާތަކަށް އަންގަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ