ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންއެފް) ގެ ޓިކެޓުގައި މާލެ ސިޓީގެ މޭޔަރުކަމަށް ނެޝަނަލް ޓެންޑާ ބޯޑުގެ ކުރީގެ ޗެއާމަން އިސްމާއީލް ޒަރިޔަންދު ނުކުންނަވާނެކަން އެ ޕާޓީން އިއުލާނުކޮށްފި އެވެ.
ޕީއެންއެފްގެ ޓިކެޓުގައި މާލެ ސިޓީގެ މޭޔަރުކަމަށް ޒަރިޔަންދު ނުކުންނަވާނެކަން އިއުލާނުކުރީ މިރޭ އާޓިފިޝަލް ބީޗުގައި ކުރިއަށް ގެންދާ ރީސެޓް ޖަލްސާގަ އެވެ.
މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޒަރިޔަންދު ވިދާޅުވީ ފާއިތުވި 30 އަހަރު ތެރޭގައި ދައުލަތުގެ އެކި ފަންތީގައި އެނާ ކުރެއްވި މަސައްކަތާއި އޭނާ ގަބޫލުކުރާ ގަބޫލުކުރުންތަކަށް ބަލައި އިންތިހާބީ އެއްވެސް މަގާމަކަށް އޭނާ ނެރެން މީގެ ކުރިން އެއްވެސް މީހަކު އެދިފައި ނުވާ ކަމަށެވެ.
އަދި، ހާއްސަކޮށް ރާއްޖޭގައި ކުރިން ވެރިކަން ކުރެއްވި ބޭފުޅަކު އެފަދަ އެދުމެއް އެދިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް، ޕީއެންއެފްގެ ޓިކެޓުގައި މާލޭގެ މެޔަރުކަމަށް ވާދަކުރައްވަން ނިންމެވީ ކުރީގެ ރައީސް، ޔާމީން ދެއްވި ހިތްވަރަކުން ކަމަށް ޒަރިޔަންދު ވިދާޅުވި އެވެ.
"އަޅުގަނޑަށް މި ހިތްވަރު ލިބުނީ ދޭތެރެ ދޭތެރެއިން އަޅުގަނޑު ހަބަރު ބަލައިލާ އުޅުމުގެ ތެރޭގައި އިވުނު ބަސްފުޅަކުން، މާލެ ސިޓީ ކައުންސިލުގެ ތެރޭގައި ޒަމާނުއްސުރެ ކޮރަޕްޝަންގެ ތުހުމަތު އޮތް ކަމަށާއި އެ ކައުންސިލުގެ އިދާރީ ހިންގުން ގާނޫނުގެ މަގަށް ގެނެސް ސާފުކޮށްގެން ނޫނީ އެ އިދާރާ ރަނގަޅު ނުވާނެ ކަމަށާއި ތިމަންނައަށް ފެންނަ ތަނުގައި ޒަރިޔަންދު ކަހަލަ މީހަކަށް ނޫނީ އެތަން ރީސެޓް ނުކުރެވޭނެ ކަމަށް ފެންނާތީ މި ފަހަރުގެ މި އިންތިހާބުގައި މާލެ ސިޓީގެ މޭޔަރަކަށް ޒަރިޔަންދު ވާދަކުރުން މުހިންމު ކަމަށް ރައީސް ޔާމީން ވިދާޅުވުން،" ޒަރިޔަންދު ވިދާޅުވި އެވެ.
ޒަރިޔަންދުއަކީ ދައުލަތުގެ އެކި އިދާރާތަކުގައި 30 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭގެތެރެއިން 20 އަހަރަށްވުރެ ގިނަ ދުވަހު އޭނާ ވަނީ އޮޑިޓާ ޖެނެރަލްގެ އޮފީހުގައި ސީނިއާ އޮޑިޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފަ އެވެ.
އޭގެއިތުރުން އޭނާ ވަނީ ފިނޭންސް މިނިސްޓްރީގައި ވެސް މުހިންމު މަސައްކަތްތަކެއް ކުރައްވައިފަ އެވެ. އެގޮތުން ދައުލަތުގެ ބަޖެޓު އެކުލަވައިލުމާއި އެ ނޫން ވެސް ބައެއް މުހިންމު ޒިންމާތައް އޭނާ އުފުއްލަވާފައިވެ އެވެ.
ޒަރިޔަންދު އަކީ ރާއްޖޭގެ ގައުމީ ޓީމުގެ ގޯލު ވެސް ބަލަހައްޓާފައިވާ ހުނަރުވެރި ކީޕަރެއް ވެސްމެ އެވެ.
ޕީއެންއެފްގެ ޓީކެޓުގައި ޒަރިޔަންދު މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާއިރު، އެ މަގާމަށް ޕީއެންސީގެ ޓީކެޓުގައި ވާދަކުރައްވަނީ ރިޓަޔަޑު މޭޖާ ޖެނެރަލް މޫސާ އަލީ ޖަލީލު އެވެ. މާލެ ސިޓީގެ މޭޔަރުކަމުގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވަނީ މިހާރުގެ މޭޔަރު، އާދަމް އާޒިމް އާއި ހެންވޭރު މެދު ދާއިރާގެ ކުރީގެ މެންބަރު، އަލީ އާޒިމް އެވެ.
ޕީއެންއެފްގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ޒަރިޔަންދު ނުކުންނަވަނީ ޕީއެންއެފްގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ޒަރިޔަންދު ނުކުންނަވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ