ރާއްޖޭގެ މުހިންމު ތަފާސްހިސާބު ބަލައިލެވޭނެ ޒަމާނީ ޕޯޓަލްއެއް

ރާއްޖޭގެ އިންފްލޭޝަނާއި އިގުތިސާދީ ކުރިއެރުން އަދި އާބާދީގެ ކުރިމަގުގެ އޮއިވަރުތަކާ ބެހޭ މުހިންމު ރަސްމީ ތަފާސްހިސާބުތައް އާންމުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން، ޒަމާނީ ޕޯޓަލްއެއް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން ތައާރަފްކޮށްފި އެވެ.
ވީ ކިހިނެއް؟ - "އިންޓަރެކްޓިވް ޑޭޓާ އެކްސްޕްލޯރާ" ޕޯޓަލް ލޯންޗުކޮށްފައިވަނީ އެމްބީއެސްއަކީ ފަންނީ ގޮތުން މިނިވަން ގައުމީ ތަފާސްހިސާބު އޮފީހެއްގެ ގޮތުގައި ކަނޑައެޅި، ރާއްޖޭގެ ތަފާސްހިސާބުގެ ގާނޫނު ވުޖޫދަށް އައިތާ ފަސް އަހަރު ފުރުމުގެ މުނާސަބަތުގައި މިދިޔަ ހޯމަ ދުވަހު އެވެ.
މި ޑޭޓާ އެކްސްޕްލޯރާ މެދުވެރިކޮށް ފެންނާނެ މައުލޫމާތުތަކަކީ: 
ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) ގެ މައުލޫމާތު
ގައުމީ އުފެއްދުންތެރިކަމުގެ މިންގަނޑު (ޖީޑީޕީ) ގެ ތަފާސްހިސާބުތައް
އާބާދީގެ ލަފާކުރުންތައް 
އެމްބީއެސްއިން ބުނީ މި ޕޯޓަލް މެދުވެރިކޮށް މުހިންމު ތަފާސްހިސާބުތައް އިންޓަރެކްޓިވްކޮށް ބަލާލެވޭނެ ކަމަށެވެ. މީގެ ސަބަބުން ބޭނުންކުރާ ފަރާތްތަކަށް، ފަސޭހަ އަދި ލުއި ޕްލެޓްފޯމެއްގެ ތެރެއިން ރަސްމީ މައުލޫމާތުތައް ހޯދައި ދެނެގަތުމުގެ ފުރުސަތު ލިބޭނޭ ކަމަށް ބުންޏެވެ.
"މި ޕްލެޓްފޯމްގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ އިގުތިސާދީ އަދި އާބާދީއަށް އަންނަ ބަދަލުތަކާމެދު އާންމުން ހޭލުންތެރިކުރުވުން،" އެމްބީއެސްއިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ