މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމް.ބީ.އެސް) އިން ރާއްޖޭގެ ރަސްމީ ތަފާސްހިސާބުތައް އާންމުންނަށް ފަސޭހައިން ބަލާލެވޭނެ އިންޓަރެކްޓިވް ”ޑޭޓާ އެކްސްޕްލޯރާ“ ޕޯޓަލްއެއް މިއަދު ތައާރަފްކޮށްފިއެވެ.
މި ޕޯޓަލް ލޯންޗުކޮށްފައިވަނީ ރާއްޖޭގެ ތަފާސްހިސާބުގެ ގާނޫނަށް ފަސް އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމަށް ބޭއްވި ހަރަކާތްތަކުގެ ތެރެއިންނެވެ.
މި އަލަށް ތައާރަފްކުރި ޕްލެޓްފޯމް މެދުވެރިކޮށް ރާއްޖޭގެ އިގްތިސާދީ އަދި އިޖުތިމާއީ މުހިންމު ދާއިރާތަކުގެ ތަފާސްހިސާބުތައް އިންޓަރެކްޓިވްކޮށް ބަލާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އޭގެ ތެރޭގައި އިންފްލޭޝަން ނުވަތަ ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީ.ޕީ.އައި)، ޖީ.ޑީ.ޕީގެ މައުލޫމާތު އަދި އާބާދީގެ ލަފާކުރުންތަކާ ގުޅޭ އެންމެ ފަހުގެ ތަފާސްހިސާބުތައް ހިމެނެއެވެ.
އެމް.ބީ.އެސް އިން ހާމަކުރި ގޮތުގައި މި ޕޯޓަލްގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ އިގްތިސާދީ ހާލަތަށާއި އާބާދީއަށް އަންނަ ބަދަލުތަކާ މެދު އާންމުން މިހާރަށްވުރެ ބޮޑަށް ހޭލުންތެރިކުރުވުމެވެ. އަދި ތަފާސްހިސާބުތައް ބޭނުންކުރާ ފަރާތްތަކަށް ފަސޭހަކަމާއެކު މައުލޫމާތު ފޯރުކޮށްދިނުމަކީވެސް މި މަސައްކަތުގެ ބޭނުމެކެވެ.
ރާއްޖޭގެ ތަފާސްހިސާބުގެ ގާނޫނުގެ ދަށުން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އަކީ ފަންނީގޮތުން މިނިވަން މުއައްސަސާއެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. މި ގާނޫނަށް ފަސް އަހަރު ފުރުނުއިރު، މިއީ ރާއްޖޭގެ ތަފާސްހިސާބުގެ ނިޒާމު ހަރުދަނާކޮށް، ޒަމާނީ ވަސީލަތްތަކުގެ އެހީގައި މައުލޫމާތު ފެތުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެ މުއައްސަސާއިން ސިފަކުރެއެވެ.
އާބާދީއާ ގުޅޭ މަޢުލޫމާތު ފަސޭހައިން ބަލާލެވޭ ޕޯޓަލްއެއް އެމް.ބީ.އެސް އިން ތައާރަފްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ