ނިއު ޔޯކް، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 22) - ރެއާލް މެޑްރިޑާއި މެންޗެސްޓާ ޔުނައިޓެޑަށް ކުރިން ކުޅުނު ބްރެޒިލްގެ މިޑްފީލްޑަރު، ކަސެމީރޯ، އެމެރިކާގެ ފުޓްބޯޅަ ލީގު، މޭޖަ ލީގު ސޮކާ (އެމްއެލްއެސް)ގައި ވާދަކުރަމުން އަންނަ އިންޓަ މިއާމީ އަށް ސޮއިކޮށްފި އެވެ.
ކަސެމީރޯ، ޔުނައިޓެޑާ ގުޅުނީ 2022 ވަނަ އަހަރު 80 މިލިއަން ޑޮލަރުގެ ޑީލެއްގަ އެވެ. ހަތަރު އަހަރު މެންޗެސްޓާ ޔުނައިޓެޑްގައި ހޭދަކުރުމަށް ފަހު، ކަސެމީރޯ، 34، މި ސީޒަނަށް ފަހު އެ ޓީމު ދޫކޮށްލާނެކަން މީޑިއާގައި އިއުލާނުކުރިއިރު، އޭނާ ލައްވައި އާ ކޮންޓްރެކްޓެއް ހަދަން ޔުނައިޓެޑުން އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައިނުވެ އެވެ.
MU STORE
Yes Maldives Pvt Ltd
Enterprise Development Industrial Pvt Ltd
MU STORE
ޔުނައިޓެޑްގެ ކުރީގެ ތަރި، ޑޭވިޑް ބެކަމްގެ ހިއްސާ އޮންނަ، އަދި އާޖެންޓީނާގެ ކެޕްޓަން، ލިއޮނަލް މެސީގެ ކެޕްޓަންކަމުގައި ކުޅޭ އިންޓަ މިއާމީ އަށް ކަސެމީރޯ ސޮއިކުރީ، އެއް އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. އަދި، ކުރިއަށް އޮތް އެމްއެލްއެސްގެ ސީޒަނުގައި ކަސެމީރޯ ދައްކާ ކުޅުމަށް ބަލައި، އިތުރު ދެ އަހަރަށް އެއްބަސްވުން އާ ކުރާ މާއްދާއެއް ކޮންޓްރެކްޓްގައި ވަނީ ހިމަނައިފަ އެވެ.
"އެްންމެ ބޮޑަށް ޝައުގުވެރިވީ އިންޓަ މިއާމީން އަހަންނަށް ހުށަހެޅި ޕްރޮޖެކްޓަށް. އަހަންނަކީ މި ކްލަބްގެ ބޭނުންހިފޭނެ ކުޅުންތެރިއެއްގެ ގޮތުަގައި މެނޭޖްމަންޓުން ދެކޭ،" ކަސެމީރޯ ބުންޏެވެ.
ކަސެމީރޯ ވަނީ ނިމިދިޔަ ސީޒަނުގެ ޔުނައިޓެޑަށް ކުޅެދިން 34 މެޗުން ނުވަ ގޯލު ޖަަހައި، ދެ ގޯލު ޖަަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. ޖުމްލަ އެކު ޔުނައިޓެޑަށް 160 މެޗު ކުޅެދިންއިރު، 26 ގޯލު ޖަހައި، 14 ލަނޑު ޖަހަން ފުރުސަތު ހޯދައިދިނެވެ.
ބްރެޒިލްގެ ސައޮ ޕައޮލޯ އިން 2012 ވަނަ އަހަރު ރެއާލަށް ބަދަލުވެ، ކަސެމީރޯ ވަނީ ލޯނަކަށް ޕޯޗުގީސް ލީގާގެ ޕޯޓޯ އަށް ކުޅެފަ އެވެ. ކަސެމީރޯ ވަނީ މި ފަހަރު، އެމެރިކާ، ކެނަޑާ އަދި މެކްސިކޯގައި ކުރިއަށްދިޔަ ފީފާ ވޯލްޑް ކަޕްގައި ބްރެޒިލްގެ ގައުމީ ޓީމަށް ކުޅެފަ އެވެ.
އިންޓަ މިއާމީ އަށް ކަސެމީރޯ ސޮއިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ