މޯލްޑިވްސް ޕްރޯ އިތުރު ފުރުސަތުތަކަކާ އެކީގައި ތުުލުސްދޫގައި

މީގެ ކުރިން ވެސް ރާއްޖޭގައި ބޮޑު ތަރުހީބަކާ އެކު ކުރިއަށްދިޔަ، ދުނިޔޭގެ ބޮޑީބޯޑިން ޖަމިއްޔާ، އައިބީސީގެ އިވެންޓް މޯލްޑިވްސް ޕްރޯ، މި އަހަރު، ކ. ތުލުސްދޫގައި ކުރިއަށްދާއިރު، ރަސްމީކޮށް މުބާރާތް ލޯންޗްކޮށްފި އެވެ. 
މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އިން މުބާރާތުގެ ޕޯސްޓަރު ދައްކާލާފައިވަނީ، ކުޅިވަރާބެހޭ ވަޒީރު، އަބްދުﷲ ރާފިއު (ރާއްޕެ)އާ އެކު އިއްޔެ ބޭއްވި އިވެންޓެއްގަ އެވެ.  ހެންވޭރު ބޯޅަ ގޭގައި އިއްޔެ ބޭއްވި އިވެންޓްގައި، މިނިސްޓަރު ރާފިއުގެ އިތުރުން، އެމްބީބީއޭގެ ރައީސް، ހުސެއިން ނިޒާމް (ނިޒޯ) ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. 
MGH Group of Companies
MGH Group of Companies
EE YU PRIVATE LIMITED
THE BAKERS PVT LTD
MGH Group of Companies
މި އިވެންޓްގައި ވާހަކަ ދައްކަވަމުން، މިނިސްޓަރު ރާފިއު ވިދާޅުވީ، ކުރިން މާލޭގެ ރާޅުގަނޑު ސަރަހައްދުގައި ކުރިއަށްދިޔަ މި މުބާރާތް، މާލޭން ބޭރަށް ދިޔުމަކީ މުހިންމު ކަމެއް ހާސިލްވާނެ ކަމެއް ކަމަށާއި ދުނިޔޭ ފެންވަރުގެ އިވެންޓެއް ރާއްޖޭގައި ހޯސްޓް ކުރަން ލިބުމަކީ ބޮޑު ފަހުރެއް ކަމަށެވެ. މީގެ އިތުރުން، މީގެ ކުރިން، އޭޝިއާގެ ސާފިން މުބާރާތް ވެސް ދެ ފަަހަރެއްގެ މަތިން ހޯސްޓްކުރި ތުލުސްދޫ އަކީ ސާފިންގެ މަގުބޫލު މަންޒިލެއްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. 
މޯލްޑިވްސް ޕްރޯ މި ފަހަރު ތުލުސްދޫގައި ކުރިއަށްދާނީ، އޮގަސްޓް 12 އިން 21 އަށެވެ.
މުބާރާތުގެ އިވެންޓްތަކުގެ އިނާމް ފައިސާގެ އިތުރުން ޕޮއިންޓް ސިސްޓަމަށް ބަލާއިރު، ރައިސިން ސީރީސް އިވެންޓްގެ ޗެމްޕިއަނަށް 20،000 ޑޮލަރުގެ އިތުރުން، ދުނިޔޭގެ ރޭންކިންގައި 2000 ޕޮއިންޓް ލިބޭނެ އެވެ. އަންހެން ޕްރައިމް ސީރީސް އިވެންޓްގެ ޗެމްޕިއަނަށް 25،000 ޑޮލަރާއި 3500 ރޭންކިން ޕޮއިންޓް ލިބޭނެ އެވެ. އަދި، ޖޫނިއާ ޗެމްޕިއަނަށް 2500 ޑޮލަރާއި 500 ރޭންކިން ޕޮއިންޓް ވަނީ ކަނޑައަޅައިފަ އެވެ.
އެމްބީބީއޭ އިން ރާއްޖޭގައި އައިބީސީ ލެވަލްގެ އިވެންޓެއް ބޭއްވުމަށް ދެކުނު ހުވަފެނުގައި ކުލަޖެހުނީ މީގެ ހަތަރު އަަހަރު ކުރިން، 2022 ވަަނަ އަހަރު އެވެ. އަދި، އޭގެ ފަހުން ދެ ފަހަރު މުބާރާތް ރާއްޖޭގައި ހޯސްޓްކުރިއިރު، އަހަރުން އަހަރަށް ރާއްޖޭގެ ބޮޑީބޯޑަރުން ދުނިޔޭގެ ލެވަލް އެތުލީޓުންނަށް ޗެެލެންޖު ވެސް ދިނެވެ. ދުނިޔޭގެ ރޭންކިންގެ އެތައް ދަރަޖައެއް ކުރީގައި ވެސް އޮތެވެ. 
މިދިޔަ އަހަރު ތަފާތު ސަބަބުތަކާ ހުރެ މުބާރާތް ނުބޭއްވި ދިޔަ ނަމަވެސް، މި އަހަރު އެމްބީބީއޭ 14 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކުރިއިރު، މޯލްޑިވްސް ޕްރޯ ވެސް އޭރު ހިމެނީ، މުބާރާތް ބޭއްވުމަށް ސަރުކާރާ އެކު ރަނގަޅު މަޝްވަރާތަކެއް އޭރުން ފެށިގެން ކުރެވެމުން އަންނާތީ އެވެ. މިހާރު މުބާރާތް އިއުލާނުކޮށްފައިވާއިރު، އަހަރު ރާއްޖޭގެ ބޮޑީބޯޑަރުން ވަނީ މޮރޮކޯގައި ކުރިއަށްދިޔަ، އިންޓަނޭޝަނަލް މުބާރާތުގައި ރާއްޖޭގެ ގައުމީ ބޮޑީބޯޑިން ޓީމުން ވަނީ ވާދަކޮށްފަ އެވެ. 
އިއްޔެގެ އިވެންޓްގައި ވާހަކަ ދައްކަވަމުން އެމްބީބީއޭގެ ރައީސް ނިޒާމް ވިދާޅުވީ، މެދުކެނޑުމަކަށްފަހު ވޯލްޑް ޓުއާ އިވެންޓް ރާއްޖެއަށް އަލުން އަނބުރާ ގެނެވުނީ ވަރަށް މަސައްކަތުން ކަމަށެވެ. އަދި، މި ފަހަރު ތުލުސްދޫގައި މި މުބާރާތް ބޭއްވުމަކީ، މުބާރާތުގެ ތެރެއިން އެ ރަށަށް ފަހި ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމެއް ކަމަށް ނިޒާމް ވަނީ ފާހަގަކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ