ގައުމީ ޔުނިވާސިޓީ ކުޅުދުއްފުށީ ކެމްޕަހުގެ 'ފަހި ދުވަސް' އަންނަ ހޮނިހިރު ދުވަހު

ގައުމީ ޔުނިވާސިޓީ ކުޅުދުއްފުށީ ކެމްޕަހުގެ ފަހި ދުވަސް އަންނަ ހޮނިހިރު ދުވަހު އެ ކެމްޕަހުގައި އޮންނާނެކަމަށް އެ ކެމްޕަހުން ބުނެފި އެވެ.
މި ހަރަކާތަކީ ޔުނިވާސިޓީގެ ކޯސްތަކަށް އަލަށް ވަންނަން ޝައުގުވެރިވާ ފަރާތްތަކަށް އެ ޔުނިވާސިޓީގެ ހުރިހާ ފެކަލްޓީތަކާއި ސެންޓަރުތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމަށް ކޮންމެ އަހަރަކުވެސް ބާއްވަމުންދާ ހަރަކާތެކެވެ.
ކުޅުދުއްފުށީ ކެމްޕަހުގައި ބާއްވާ ފަހި ދުވަހުގެ ހަރަކާތް އޮންނާނީ ހޮނިހިރު ދުވަހު، ހެނދުނު 8:30 -12:00 އަދި 16:15 - 18:00 އަށެވެ.
މި ހަރަކާތުގެ ތެރެއިން އޭލެވެލާއި އެ ނޫން ވެސް ޔުނިވާސިޓީން ބަލައިގަންނަ ނަތީޖާ ލިބިފައިވާ ދަރިވަރުންނަށް ޔުނިވާސިޓީގެ ކޯސްތަކަށް ކުރިމަތިލުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ. އަދި ފޯމު ފުރައިދިނުމާއި ބަލައިގަތުން ވެސް ކުރިއަށް ދާނެ ކަމަށް އެ ޔުނިވާސިޓީން ބުންޏެވެ.
އަދި ކެރިއާގައިޑެންސް އާއި އެމްއެންޔޫ ކުޅުދުއްފުށީ ކެމްޕަހުގައި ކިޔަވާ ދަރިވަރުންނަށް ހުރި ފުރުސަތުތަކާއި ވަސީލަތްތަކުގެ މައުލޫމާތު ލިބިގެންދާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ