އައިޝޯސްޕީޑްއާ ނަސްލީ ގޮތުން ދިމާކުރި މައްސަލައެއް ފީފާ އިން ބަލަނީ

ނިއުުޔޯކް، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 8) - މަޝްހޫރު ސޯޝަލް މީޑިއާ އިންފްލުއެންސަރު، އައިޝޯސްޕީޑްއާ ނަސްލީ ގޮތުން ދިމާކުރި މައްސަލައެއްގެ ތަހުގީގު ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ، ފީފާ އިން ފަށައިފި އެވެ. 
ޔޫޓިއުބްގައި 57 މިލިއަން ފޮލޯވަރުން އަދި ޓިކްޓޮކްގައި 53 މިލިއަން ފޮލޯވަރުން ހުރި އައިޝޯސްޕީޑް އަންނަނީ ފީފާ ވޯލްޑް ކަޕްގެ ބައެއް މެޗުތައް ސްޓްރީމްކުރަމުންނެވެ. އަދި، އޭނާގެ ވީޑިއޯތަކުގައި، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އާއި ލެޖެންޑަރީ، ފޯވާޑް، ޒްލަޓަން އިބްރަހިމޮވިޗް ވެސް ވަނީ ބައިވެރިވެފަ އެވެ. 
Enterprise Development Industrial Pvt Ltd
MU STORE
MGH Group of Companies
MGH Group of Companies
Enterprise Development Industrial Pvt Ltd
ވޯލްޑް ކަޕްގެ ގަދަ 32 ޓީމުގެެ ބުރުގައި އާޖެންޓީނާ އިން ކޭޕް ވާޑް އަތުން މޮޅުވި މެޗުގެ ތެރެއިން ހިނގައިދިޔަ، އައިޝޯސްޕީޑް ހިމެނޭ، ނަސްލީ ގޮތުން ދިމާކުރި މައްސަލައެއްގައި ފީފާ އިން ވަނީ ތަހުގީގު ފަށައިފަ އެވެ. އެ ގޮތުން، އައިޝޯސްޕީޑާ ދިމާކޮށްލައިފައިވަނީ، ކޭޕް ވާޑްގެ ޖޯޒީގައި ހުރި ސަޕޯޓަރެއް ކަމަށް މިހާތަނަށް ހޯދި ހޯދުންތަކުގައި ވަނީ އެނގިފަ އެވެ. 
ފީފާ އިން ބުނެފައިވަނީ، ސަޕޯޓަރުން ވެސް ކަންކަން ކުރުމުގައި ހެދިފައިވާ ގަވާއިދުތަކުގެ ތެެރެއިން އަމަލުކުރުމަށާއި އެކަަކު އަނެކަކަށް އޮންނަ އިހުތިރާމް ނުގެއްލޭ ގޮތަށް އަމަލުކުރަން އެދޭ ކަމަށެވެ. 
ފުޓްބޯޅައިގެ އެކި ޕްލެޓްފޯމްތަކުގައި، މާކެޓިން ކަންކަމުގައި އައިޝޯސްޕީޑް އަންނަނީ ބައިވެރިވަމުންނެވެ. ކްރިސްޓިއާނޯ ރޮނާލްޑޯ އަށް މަރުދޭ ސަޕޯޓަރެއްގެ ގޮތުގައި ގިނަ ބަޔެއްގެ މަގުބޫލުކަން ހޯދާފައިވާ އައިޝޯސްޕީޑަށް އެންމެ ބޮޑަށް ހިތްހަަމަ ނުޖެހުން އަމާޒުވަނީ، ރޮނާލްޑޯއާ އެންމެ ވާދަވެރި ކުޅުންތެރިޔާ، އާޖެންޓީނާގެ ތަރި، ލިއޮނަލް މެސީގެ ސަޕޯޓަރުންގެ ފަރާތުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ