އާސަންދައިގެ ދަށުން ރާއްޖޭން ބޭރަށް ފޮނުވާ މީހުންގެ އަދަދު މަދުވެއްޖެ

އާސަންދައިގެ ދަށުން ކެންސަރު ބަލި ފިޔަވައި އެހެން ބަލިތަކަށް ރާއްޖޭން ބޭރުން ބޭސްފަރުވާ ހޯދަން މީހުން ފޮނުވާ މިންވަރު މަދުވެފައިވާ ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވެއްޖެ އެވެ.ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވަނީ މިދިޔަ ތިން އަހަރުގެ ތެރޭގައި އާސަންދައަށް ހޭދަކުރި ގޮތުގެ ބައެއް ތަފާސްހިސާބުތައް އާއްމު ކުރައްވާފަ އެވެ.ގީލާ ވިދާޅުވި ގޮތުގައި:2023 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރުގެ ނިޔަލަށް 338 މީހުން މަދުވި އެކަމަކު އެހާބޮޑު ތަފާތެއް ނުފެންނަނީ ކެންސަރުގެ ފަރުވާއަށް ފޮނުވަން ޖެހުނު މީހުންގެ އަދަދު ގިނަވުމުންކެންސަރަށް ފަރުވާ ހޯދަން ފޮނުވި މީހުންގެ އަދަދު އުނިކުރުމުން، 2023 ވަނަ އަހަރާ ބަލާއިރު މިދިޔަ އަހަރުގެ ނިޔަލަށް ބޭސް ފަރުވާއަށް ފޮނުވި މީހުންގެ އަދަދު 821 މީހުންނަށް ވަނީ މަދުވެފައި"މީ ސިއްހީ ހިދުމަތް ފުޅާކުރުމާއި ރާއްޖޭގައި ހުރެގެން ބޭސްފަރުވާ ކުރެވޭނެ ލުއި ގޮތް ފަހި ކުރުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ނަތީޖާ،" ގީލާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ