ޗައިނާއިން އާ 6 ސެޓެލައިޓެއް ޖައްވަށް ފޮނުވައިފި

ޗައިނާއިން އާ 6 ސެޓެލައިޓެއް ޖައްވަށް ފޮނުވައިފިއެވެ.
ޗައިނާ ސަރުކާރުގެ މީޑިއާއިން ބުނާ ގޮތުގައި، ޖިލިން-1 ކުއަންފޫ 02ބީ 01-06 ސެޓެލައިޓްތައް ބޭރު ޖައްވަށް ފޮނުވާލީ އުތުރު ޝަންޝީ ޕްރޮވިންސްގައި ހުންނަ ޓައިޔުއަން ސެޓެލައިޓް ލޯންޗް ސެންޓަރުން ހުކުރު ދުވަހުއެވެ. 
މި ސެޓެލައިޓްތައް ޖައްވަށް ފޮނުވާލުމަށް ބޭނުންކުރީ ޗައިނާގައި އުފެއްދި ލޯންގ މާރޗް-2ޑީ ކެރިއަރ ރޮކެޓެކެވެ. ސެޓެލައިޓްތައް ވަނީ ކަނޑައެޅިފައިވާ އޯބިޓަށް ކާމިޔާބުކަމާއެކު ވަދެފައެވެ. މިއީ ޗައިނާގެ ލޯންގ މާރޗް ކެރިއަރ ރޮކެޓް ސިލްސިލާގެ 536 ވަނަ ދަތުރެވެ.
Advertisement
މި އައު ސެޓެލައިޓްތައް ފޮނުވާލީ ޗައިނާއިން އިތުރު ދެ ބައިޑޫ-3 ނެވިގޭޝަން ސެޓެލައިޓް ސިސްޓަމް (ބީޑީއެސް-3) ސެޓެލައިޓެއް ވެސް ފޮނުވާލުމަށްފަހުއެވެ. ބީޑީއެސްއަކީ 2020 ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުން އަންނަ، ޗައިނާގެ ޖައްވުގައި ގިނަ އަދަދެއްގެ ސެޓެލައިޓްތައް ހިމެނޭ ބޮޑު ނިޒާމެކެވެ.
މި ސެޓެލައިޓްތައް ބޭރު ޖައްވަށް ފޮނުވާލުމާއެކު، ޗައިނާގެ ބޭރު ޖައްވުގެ ޓެކްނޮލޮޖީ އިތުރަށް ކުރިއަރައިގެންދާނެ ކަމަށް ބެލެވެއެވެ. އަދި ޗައިނާގެ ބައިނަލްއަޤްވާމީ ނުފޫޒު އިތުރުވެ، ލޮކޭޝަން ޚިދުމަތްތަކާއި މުވާސަލާތީ ދާއިރާގައި އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ