މާދަމާއިން ފެށިގެން ރާއްޖޭގެ އެކި ސަރަހައްދުތަކުގެ މޫސުން ރަނގަޅުވާން ފަށާނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ. މެޓް އޮފީހުން ބުނީ މިއަދު ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްކަމަށެވެ.
މިއަދު މޫސުން ގޯސްވާނެކަމަށް ލަފާކޮށް މިއަދު މެންދުރު 12:00 އާއި ހަމައަށް މެޓް އޮފީހުން ވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފައެވެ. އެއީ ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށެވެ.
ކަނޑުތައް މިއަދު އުޅެނީ އުތުރާއި މެދުރާއްޖެތެރެއަށް ގަދަކޮށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވީ، މާދަމާއިން ފެށިގެން މޫސުން ރަނގަޅުވާން ފަށާނެކަމަށެވެ. އަދި ބުރާސްފަތި ދުވަހުން ފެށިގެން މޫސުން އެއްކޮށް ރަނގަޅުވާނެކަމަށެވެ.
މާދަމާއިން ފެށިގެން މޫސުން ރަނގަޅުވާން ފަށާނެ: މެޓް އޮފީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ