ބީއެމްއެލް އެޕާއި އިންޓަނެޓް ބޭންކިން ޚިދުމަތް މެދުކެނޑިއްޖެ

ބީއެމްއެލް މޮބައިލް އެޕްލިކޭޝަނާއި އިންޓަނެޓް ބޭންކިން ޚިދުމަތް މެދުކެނޑިއްޖެއެވެ. 'އެކްސް'ގައި ކުރި ޕޯސްޓެއްގައި ބިއެމްއެލްއިން ބުނީ މައްސަލަ ހައްލުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި، ދިމާވެދާނެ ދަތިތަކަށް ވަނީ މައާފަށް އެދިފައެވެ. https://x.com/bankofmaldives/status/2049500070652055668 ބީއެމްއެލްގެ އެޕާއި އޮންލައިން ޚިދުމަތް ބޭނުން ނުކުރެވޭތާ އެއް ގަޑިއިރަށް ވުރެ ގިނައިރު މިހާރު ވަނީ ވެފައެވެ. އެގޮތުން ޚިދުމަތްތައް ބޭނުންނުކުރެވޭކަން، ސޯޝަލް މީޑިއާގައި ވެސް ބައެއް މީހުން ފާހަގަކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ